ދިވެހިރާއްޖެ
ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައި ލެންޑްސް
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ފައިނޭންޝިއަލް އޮފިސަރ ( އެފް.އޯ)
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ)އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ 'ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައި ލެންޑްސް' މަޝްރޫޢުގެ ފައިނޭންސް މެނޭޖްކުރާނެ ފައިނޭންޝިއަލް އޮފިސަރ (އެފް.އޯ) ހޯދުމަށް ބޭނުންވެއެވެ.
ފައިނޭންޝަލް އޮފިސަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ ފައިނޭންސް އަދި އެކައުންޓިން ސިސްޓަމްގެ މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދުނާމާއާ އެއްގޮތަށް ޕްރޮޖެކްޓްގެ ފައިނޭންޝިއަލް ރިކޯޑިންގ ބެލެހެއްޓުމާއި ކަނޑައެޅޭ ފަރާތްތަކަށް ރިޕޯޓް ކުރުން ހިމެނެއެވެ.
ފައިނޭންސް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
ހ) އެކައުންޓިންގ/ފައިނޭންސް އާ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލު ކޮށްފައިވުން.
ށ) ފައިނޭންސްގެ ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
ނ) ޕްރޮކިއުމަންޓްގެ އުޞޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ރ) ފައިނޭންޝިއަލް މެނޭޖްމަންޓްގެ ސޮފްޓްވެއަރތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ މީހަކުކަމުގައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލު ކުރެވޭނެ މީހަކުކަމުގައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުން.
މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި -/30,000 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.
ޝަޢުޤުވެރިވާ ފަރާތްތަކުން 2015 ޑިސެންބަރު 04 ވަނަދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓްސް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފެކްސް: 301-3018-960+
ފޯން : 300-3018-960+
އީމެއިލް: [email protected]
