ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޖެޓީ ޕޯސްޓް އޮފިސަރ

ޖެޓީ ޕޯސްޓް އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ތަން: ތިލަފުށި

މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ

ތައުލީމީ ފެންވަރާއި ތަޖުރިބާ:
އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއިއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:
ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތިލަފުށީގެ ޖެޓީއާއި ހާބަރު ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް ކުރުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:
• ތިލަފުށި ޖެޓީއާއި ހާބަރުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފައިސާގެ ރަސީދު ހެދުން.
• ޖެޓީއަށް ބަނދަރުކުރާ އުޅަނދުތަކާއި އަދި މުދާ އަރުވާ ބާލައި އުޅަނދުތަކުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ފައިސާ ނެގުން.
• ޖެޓީއަށް ބަނދަރުކުރާ އުޅަނދުތަކާއި އަދި މުދާ އަރުވާ ބާލައި އުޅަނދުތައް މޮނީޓަރކޮށް ރެކޯޑް ކުރުން.
• ޖެޓީ ބޭނުންކުރުމުގެ ގަވާއިދުތައް ތަންފީޛުކޮށް ބެލެހެއްޓުން.
• ޖެޓީއާއި ހާބަރުގެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
• މައިކްރޮސޮފްޓް އޮފިސް ޕެކޭޖް އަދި މަސައްކަތާއި ގުޅުންހުރި އެފަދަ ސޮފްޓްވެއާތައް ބޭނުންކުރަން ދަންނަ ފަރާތަކަށްވުން.
• ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
• ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
• މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
• މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.

މުސާރަ: 10,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:
• އައިޑީ ކާޑު ކޮޕީ
• ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
• ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
• ސީވީ

ވަޒީފާގެ ބާވަތް:
ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ ވަޒީފާގެ އެއްބަސްވުން އެކުލަވާލެވޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ވަޒީފާ ދާއިމީ ކުރުމުގެ ނިންމުން ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމެން ކައިރިވުމުން، މަސައްކަތުގެ ފެންވަރާއި އެހެނިހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހުއެވެ.)
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 30 ޑިސެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެޗް.ޑީ.ސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: (jobs.hdc.mv)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

25 ޑިސެންބަރު 2025
ހޯދާ