ދިވެހިރާއްޖެ
ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައި ލެންޑްސް
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
އެސިސްޓެންޓް ފައިނޭންޝިއަލް އޮފިސަރ (އޭ.އެފް.އޯ)
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ)އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ 'ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައި ލެންޑްސް' މަޝްރޫޢުގެ ފައިނޭންސް މެނޭޖްކުރުމުގައި އެހީތެރިވާނެ އެސިސްޓެންޓް ފައިނޭންސިއަލް އޮފިސަރުން ހޯދުމަށް ބޭނުންވެއެވެ.
އެސިސްޓެންޓް ފައިނޭންސް އޮފިސަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ ފައިނޭންސް އަދި އެކައުންޓިން ސިސްޓަމްގެ މަސައްކަތްތައް ޑޯނަރ އޭޖެންސީގެ އިރުޝާދު ނާމާއާ އެއްގޮތަށް ޕްރޮޖެކްޓްގެ ފައިނޭންޝިއަލް ރިކޯޑިންގ ބެލެހެއްޓުމާއި ކަނޑައެޅޭ ފަރާތްތަކަށް ރިޕޯޓް ކުރުން ހިމެނެއެވެ.
އެސިސްޓެންޓް ފައިނޭންސް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
ހ) އެކައުންޓިންގ/ފައިނޭންސް ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު ހާސިލު ކޮށްފައިވުން.
ށ) ފައިނޭންސްގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
ނ) ބައިނަލްއަޤްވާމީ އެހީދޭ ޖަމިއްޔާތަކުގެ ފައިނޭންސާބެހޭ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ރ) ޕްރޮކިއުމަންޓްގެ އުސޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ބ) ފައިނޭންޝިއަލް މެނޭޖްމަންޓްގެ ސޮފްޓްވެއަރތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- އިނގިރޭސި ބަހާއި ދިވެހި ބަހުން މުވާޞަލާތުކުރުމުގެ ހުނަރުލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުން.
މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި -/23,000 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.
ޝަޢުޤުވެރިވާ ފަރާތްތަކުން 2015 ޑިސެންބަރު 04 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓްސް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފެކްސް: 301-3018-960+
ފޯން : 300-3018-960+
އީމެއިލް: [email protected]
