ދިވެހިރާއްޖެ
ޑިވްލޮޕްމަންޓް އޮފް ވޯޓަރ، ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ (އޭ.ޕީ.ސީ)
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ކުރިއަށްގެންދާ 'ޑިވްލޮޕްމަންޓް އޮފް ވޯޓަރ، ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް' މަޝްރޫޢުތައް ކޯޑިނޭޓްކޮށް މެނޭޖްކުރާނެ 02 އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުން ހޯދުމަށް ބޭނުންވެއެވެ.
އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްތަކުގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ޑޮކިއުމަންޓް އަދި އިރުޝާދުނާމާ އާއި އެއްގޮތްވާގޮތުގެ މަތިން ރާވާ، މެނޭޖްކުރުމާއި އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.
އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
ހ) ޕްރޮޖެކްޓް މެނޭޖްމަންޓް، އިންޖިނިއަރިންގ، ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް ސައިންސް، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، ވޯޓަރ ރިސޯސަސް، ސަސްޓެއިނަބަލް ޑިވޮލޮޕްމަންޓް، ވޭސްޓް މެނޭޖްމަންޓް ނުވަތަ ގުޅޭ ދާއިރާއަކުން ބެޗެލާރސް ޑިގްރީ ނުވަތަ ޕްރޮފެޝަނަލް ސެޓްފިކެޓް އެއް ހާސިލް ކޮށްފައިވުން
ށ) އެޑްމިނިސްޓްރޭޝަން ނުވަތަ ކޯޑިނޭޝަން ގެ ދާއިރާއިން 3 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން
ނ) ފެނާއި ނަރުދަމާ އަދި ވޭސްޓް މެނޭޖްމަންޓް ދާއިރާއިން މަޝްރޫޢުތައް ހިންގުމުގައި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ރ) އިގިރޭސި ބަހާއި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތްކުރަން އެގުން
ބ) މައިކްރޯސޮފްޓް އޮފީސް ބޭނުން ކުރަން އެގުމާއި މަޝްރޫއު ހިންގުމުގައި ބޭނުންކުރާ އެހެނިހެން ސޮފްޓްވެއާރތައް ބޭނުންކުރަން އެނގޭ ފަރާތަކަށް ވުން
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހިނެހިން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
އުޖޫރަ
މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް 19،500 ރުފިޔާ އާއި 22،400 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދެވޭނެއެވެ.
މަސައްކަތުގެ މުއްދަތު
މި މަސައްކަތުގެ މުއްދަތަކީ 12 މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 2026 ގައެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރޭޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އެކްރިޑެޓްކުރެވިފައިވާ ކޮޕީ
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާމްޕަލް ނުވަތަ ޕޯޓްފޯލިއޯ
މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޢުހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]އީމެއިލް ކުރެއްވުން އެދެމެވެ.
ޝަޢުޤުވެރިވާ ފަރާތްތަކުން 11 ޖަނަވަރީ 2026 ވަނަދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ޑިވިޜަން،
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ވެލާނާގެ 5ވަނަ ފަންގިފިލާ، 20096، އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ.
