ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރު މި ޑިޕާޓްމަންޓުގެ ފަރާތުން ބާއްވާ ޤައުމީ އަދި ބައިނަލްއަޤުވާމީ އިމްތިޙާނުތައް ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުން

2026 ވަނަ އަހަރު މި ޑިޕާޓްމަންޓުން ބާއްވާ ޤައުމީ އަދި ބައިނަލްއަޤުވާމީ އިމްތިޙާންތައް ބެލެހެއްޓުމަށްޓަކައި ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

ޗީފް އިންވިޖިލޭޓަރ

03

އިންވިޖިލޭޓަރ

15

 

 

ޝަރުޠު:

ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ޝަރުޠުތައް:

  1. ޗީފް އިންވިޖިލޭޓަރ ކަމުގެ ތަމްރީން ފުރިހަމަ ކޮށްފައިވުން (ހަމައެކަނި ޗީފް އިންވިޖިލޭޓަރުންނަށް)
  2. ދިވެހި ރައްޔިތަކަށް ވުން
  3. އުމުރުން 18 އަހަރު ފުރިފައިވުން
  4. ޖީސީއީ އޯލެވެލް ފެންވަރަށް ދިވެހި ބަހާއި އިނގިރޭސި ބަސް އެނގޭ މީހަކަށްވުން.
  5. އެމީހަކު ޗީފް އިންވިޖިލޭޓަރުކަން ނުވަތަ އިންވިޖިލޭޓަރުކަންކުރާ އިމްތިޙާންގެ ކެނޑިޑޭޓެއް ކަމުގައި ނުވުން  
  6. އެމީހަކު ޗީފް އިންވިޖިލޭޓަރުކަން ނުވަތަ އިންވިޖިލޭޓަރުކަންކުރާ އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ ، އަނބިމީހާ، ފިރިމީހާ ދަރިއެއް، ދެބޭންގެ ދެދަރި ކުއްޖެއް، މާމަ ކާފަ ދަރިއެއް، އެއްބަނޑު ނުވަތަ  އެއްބަފާ މީހެއް، ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް، އެއްބަނޑު /އެއްބަފާ / އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެއް އަދި ތިމާ އުޅޭ ގޭގައި އުޅޭ ކުއްޖެއް ކަމުގައި ނުވުން. 

 

މަސްޢޫލިއްޔަތު:

އިމްތިހާން އޮންނަ ގަޑިތަކުގައި ޗީފް އިންވިޖިލޭޓަރ ، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން އިމްތިޙާން ހޯލް ބެލެހެއްޓުމާއި އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް، ކަނޑައެޅިފައިވާ އުސޫލު ތަކާއި އެއްގޮތަށް ޑީޕީއީ އިން އަންގާގޮތެއްގެ މަތިން ކުރުން

އުޖޫރަ

1. ޗީފް އިންވިޖިލޭޓަރ (މަސައްކަތް ކުރާ ކޮންމެ ސެޝަނަކަށް-/300ރ (ތިންސަތޭކަ) ރުފިޔާ

2. އިންވިޖިލޭޓަރ ( މަސައްކަތް ކުރާ ކޮންމެ ސެޝަނަކަށް-/200ރ ( ދުއިސައްތަ) ރުފިޔާ

މަސައްކަތް ކުރިއަށް ދާނެ މަސްތައް:

 2026  ޖެނުއަރީ 26 އިން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ބާއްވާ އިމްތިޙާނުތައް ބޭއްވޭ ދުވަސްތައް

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ޗީފް އިންވިޖިލޭޓުކަން / އިންވިޖިލޭޓުކަން ކުރުމަށް އެދޭ ފޯމު
  2. ތަޢުލީމީ ރޮނގުން ލިބިފައިވާ އެންމެ މަތީ ސެޓިފިކެޓްގެ ކޮޕީ
  3.  ވަނަވަރު
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  5. ބޭންކް އެކައުންޓް ނަންބަރު ކަށަވަރު ކުރާނެ ލިޔުން.

މާކުސްލިބޭގޮތް  

 1. ތަޢުލީމް   %50

2. މަސައްކަތުގެ ތަޖުރިބާ %50

ސުންގަޑި:

2026 ޖެނުއަރީ 06  ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ  ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު،  ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ( އިއްޒުއްދީން ބިލްޑިންގ،ފަޅުމަތީމަގު،މާލެ) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
  • މިކަމާ ގުޅޭ ފޯމުތައް މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 3041313 ގުޅުއްވުން އެދެމެވެ.
25 ޑިސެންބަރު 2025
ހޯދާ