ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުލާސްރޫމްތައް އޭސީކުރުމުގެ ކުރިން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެ:

 

ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

މިނިސްޓްރީ އޮފް އެޑިއުކޭޝަން

 ގއ.ވިލިނގިލި


ނަންބަރ :GS05-C/ IUL/2025/10

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުލާސްރޫމްތައް އޭސީކުރުމުގެ ކުރިން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެ:

  1. މި މަރުކަޒުގެ ކްލާސްރޫމްތައް މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރ: GS05-C /IUL/2025/09 ( 17 ޑިސެމްބަރ 2025 )  ގުޅިގެން ހުށަހަޅާފައިވާ ބީލަމުގެ އަގު ބޮޑުކަމަށް ފެންނާތީވެ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ޑިސެމްބަރ 24 އިން 2025  ޑިސެމްބަރ 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ. އަދި މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ޑިސެމްބަރ 29 ވަނަ ދުވަހުގެ 11:00 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ. އަދި މިބައްދަލުވުމަށްފަހު މަސައްކަތްކުރާ ސައިޓްތައް ދެއްކުން އޮންނާނެއެވެ.
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 30 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 31 ވަނަ ދުވަހުގެ 11:00 ގައިގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.
  6. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 3,900/-ރ.(ތިންހާސް ނުވަސަތޭކަ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 05 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

ފޯން:  6820029

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

24 ޑިސެންބަރު 2025
ހޯދާ