ދިވެހިރާއްޖެ
އެސްޓިމޭޓު އުޞޫލުން އުތުރު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އިޖްތިމާޢީ ސަރަޙައްދުގެ ގޮތުގައި ކުނިކަހާ ނޮޅާ ސާފުކޮށް ބަލަހައްޓަންޖެހޭ ސަރަޙައްދުތަކަކީ ރެހެންދި ބީޗާއި، އުތުރު ފުޓުބޯޅަ ދަނޑުގެ އުތުރު މަގުފަޅި ހިމެނޭގޮތަށް އަތިރިމަތި ސަރަޙައްދުން ފެށިގެން ކުޑަކުދިންގެ ޕާކްގެ އުތުރު ފާރުގެ ބުލްބުލާގެ ފާރުން މާކު ކޮށްފައިވާ ޕޮއިންޓާއި ހަމައަށް ހިމެނޭގޮތަށް އަތިރިމަތި ސަރަޙައްދާއި، އުތުރު ކޮށިމަގާއި، ކަޅުއޮއްފުއްމި މަގާއި، ޞަބާޙުލްޚައިރުގޭ ދޮރުމަތީވާ ހުސްބިމާއި، ބާރަށު މަކުތަބްލްއަހަދިއްޔާއާއި، އުތުރު ފަސްގަނޑަށްދާ މަގާއި ،މަސްޖިދުއްތަޢާވޫންއާއި، އަދި ޕްރީ ސްކޫލަށް ދާ މަގުން ކޯޓް ހުޅަނގަށް އޮންނަ މަގު ފަޅިއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ އަގު ހުށައަޅާ ފޯމު ފުރުމަށްފަހު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.އަގު ހުށައަޅާ ފޯމް ބަލައިގަންނާނީ 2025 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 11:00ގައި ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. 2025 ވަނަ އަހަރު އިޖުތިމާޢީ ސަރަޙައްދުތަށް ކުނިކަހާ ނޮޅާ ސާފުކުރުމަށް ކަނޑައެޅިފައިވާ އަގަކީ މަހަކަށް -/5007,2 ( ހަތާވީސް ހާސް ފަސް ސަތޭކަ ރުފިޔާ ) އެވެ. އަދި މަސައްކަތް ޙަވާލުކުރުމުގައި އެއްމެ ކުޑައަގެއް ހުށަހަޅާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
