ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ކުރަން ހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ކުރަން ހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން:

  • ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލްގެ ކްލާސްރޫމްތަކާއި ހޯލްގެ ސީލިންގ ގެ އަދި ދޮރުތަކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  • މިއީ މިމަސައްކަތައް ކުރާ ދެވަނަ އިޢުލާނެވެ.
  • މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  • މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެންބަރު 24  ން 2025 ޑިސެންބަރު 30 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/pVHF6B1KsL6rDJ9g6

 

  • މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެންބަރު 30 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެންބަރު 31 ވަނަ ދުވަހުގެ 11:00 ގައިނޮޅިވަރަމު ސްކޫލްގެ ލައިބްރަރީގައެވެ.
  • މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  • މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޮޅިވަރަމު ސްކޫލް

އަމީނީމަގު، ހދ.ނޮޅިވަރަން ، ދިވެހިރާއްޖެ.                                                   

ފޯން:  6520555

އީ-މެއިލް: [email protected]

04 ރަޖަބު  1447ހ

24 ޑިސެންބަރު  2025މ

24 ޑިސެންބަރު 2025
ހޯދާ