ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނައަހަރު ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ހާފިޡުން ހޯދުމާއިގުޅޭ

އިޢްލާން

1447 ވަނައަހަރު ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ހާފިޡުން ހޯދުމާއިގުޅޭ

1447 ވަނަ އަހަރުގެ ރަމަޟާންމަހު ދ.މާއެނބޫދޫ މަސްޖިދުލްޛިކުރާއާއި، މަސްޖިދުލްހުދާ މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް  ޝައުގުވެރިވެލައްވާ  ފަރާތްތަކުން، ނުވަތަ  ރާއްޖެއިން  ބޭރުން ޙާފިޡުން ގެނެއުމުގެ މަސައްކަތް  ކޮށްދެއްވުމަށް  ޝައުޤުވެރިވެލައްވާ  ފަރާތްތަކުން، 2025 ޑިސެމްބަރ 31 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އަގު ބަޔާންކޮށް ކޯޓޭޝަން މިއިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޙާފިޡުން ގެންނަފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.

  1. ދެ ކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނާއުމާއި، އެނބުރި ޤައުމަށް ދިއުމަށް، ފުލައިޓުން ޚަރަދުވާނެ ވަރު)
  2. ޙާފިޘް ރަށާހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެދިއުމުގެ ދަތުރު ޚަރަދު)
  3. މާލޭގައި ހުރުމާއި، ކެއުމުގެ ޚަރަދު
  4. ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން
  5. ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ނަމްބަރ، އައި.ޑީ،ކާޑު ކޮޕީ(ކުންފުންޏެއްނަމަ، ރަޖިސްޓަރީ ކޮޕީ)
  6. ތަޖުރިބާގެ ލިޔުމެއް އޮތްނަމަ، އެފަދަ ލިޔުމުގެ ކޮޕީ
  7. އެހެނިހެން (ޙާފިޠަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ކޯޓޭޝަންގައި ހިމެނުން އެދެން)
  8. ޙާފިޘުން ނެގުމުގައި ދިވެހި ޙާފިޘުން ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެވެ.

މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު:

. އިޢުލާންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ (IUL)142-B1/142/2025/232,231

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6760595 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

24 ޑިސެންބަރު 2025
ހޯދާ