ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2025/136

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

މެނޭޖަރ، ފައިނޭންސް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-          އެކައުންޓްސް ރިސީވަބަލް ޕްރޮސެސް މެނޭޖްކުރުން

-          ކަސްޓަމަރުންގެ އެކައުންޓްތައް ރިކޮންސައިލްކޮށް، އެއްވެސް ތަފާތެއް ވާނަމަ އެކަން ހައްލުކުރުން

-          އެކައުންޓްސް ރިސީވަބަލް ރިޕޯޓްތައް ތައްޔާރުކޮށް އެނަލައިޒްކުރުން

-          ކަސްޓަމަރުންނާ ގުޅައި ޕޭމަންޓްއާ ބެހޭ އަޕްޑޭޓްތައް ހޯދުން

-          ބޭނުންވާ ކްރެޑިޓް މެނޭޖްމަންޓް ރިޕޯޓުތައް ތައްޔާރުކުރުން

-          ދަޢުވާ ކުރަންޖެހޭ ކަސްޓަމަރުންނަށް ފޮނުވަންޖެހޭ ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން

-          ކްރެޑިޓް ކޮމިޓީގެ މަސައްކަތްތައް

-          ރިސްކް މެނޭޖްމަންޓް

-          ފީސިބިލިޓީ އެނަލިސިސް ހެދުން

-          މާލީ ސްޓްރެޓެޖީތައް އެކުލަވާލުން

-          ޓްރެޜަރީ މެނޭޖްމަންޓް ކުރިއަށް ގެންދާނެ ފައިނޭންސިންގ ފުރުސަތުތައް ހޯދުން

ޝަރުތުތައް:

-          ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ ސީމާ (CIMA)/ އޭސީސީއޭ (ACCA) އާ އެއްފެންވަރުގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން

-          މަސައްކަތާގުޅޭ ދާއިރާއިން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން

-          އެކައުންޓްސް ރިސީވަބަލް އާއި ކަލެކްޝަން ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-          SAP (ފައިނޭންސް މޮޑިއުލް) ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަހު މުސާރަ:

26،000ރ އާއި 31،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން28  ޑިސެމްބަރު 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

 

 

23 ޑިސެންބަރު 2025
ހޯދާ