ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިންފްލެޓޭބަލް ވޯޓަރ ޕާކެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މި ރަށުގައި ވޯޓަރ ޕާކެއް ހެދުމަށް ބޭނުންވާ އިންފްލެޓޭބަލް ވޯޓަރ ޕާކްގެ އިކުޕްމަންޓްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅިގެން މި ކައުންސިލްގެ ނަމްބަރު (IUL)342/INDIV/2025/123 (20 ނޮވެންބަރު 2025) އިޢުލާންވަނީ ބާޠިލް ކުރެވިފައެވެ.
|
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 28 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް/ ބިޑް ބައްލަވާ ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމުގެ ފީއަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ. ބިޑް ރަޖިސްޓްރީ ފޯމާއެކު ފީ ދެއްކުމުން ބީލަން ފޮތް ލިބިލައްވާނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، [email protected] މެއިލް ކުރެއްވުން އެދެމެވެ.
- މި ކައުންސިލްގެ ނަމްބަރު (IUL)342/INDIV/2025/123 އިޢުލާނާއި ގުޅިގެން ބީލަން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް މި ބީލަމުގައި ބައިވެރިވާނަމަ، ބިޑް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. ނަމަވެސް ބިޑް ރަޖިސްޓްރީ ފީ ކުރިން ދައްކާފައިވާ ފަރާތްތަކުން ފީ ދައްކާކަށް ނުޖެހޭނެއެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
|
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- މި ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން 2025 ޑިސެންބަރު 29 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:00ގައި މި ކައުންސިލްގައި އޮންނާނެއެވެ. މި ބައްދަލުވުން އޮންލައިކޮށްވެސް ކުރިއަށް ގެންދެވޭނެއެވެ.
- މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
|
|
ބީލަން ހުށައެޅުން
|
- ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 05 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
03 ރަޖަބު 1447
23 ޑިސެންބަރު 2025