ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފަރެސްމާތޮޑާ މަގުމަތީ ބައްތިތަކުގެ ކަރަންޓް ނެޓްވޯކް ބަދަލުކުރުމާއި ގުޅޭ

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ގދ. ފަރެސްމާތޮޑާ މަގުމަތީ ބައްތިތަކުގެ ކަރަންޓް ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީވުމަށް 2025 ޑިސެމްބަރ 29 ވަނަދުވަހުގެ 13:00 ގެ ކުރިން "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމް [email protected]  މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި މަސައްކަތައް ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

- މިބީލަމާއި ގުޅޭ ބިޑް ފޮތް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖަނަވަރީ 04 ވަނަދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

- މި ބީލަމުގެ ޕްރީ ބިޑް މީޓިން ބެއްވުމަށް ހަމަޖެހިފައި ވަނީ 2026 ޖަނަވަރީ 05 ވަނަދުވަހުގެ 13:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2026 ޖަނަވަރީ 08 ވާ ބުރާސްފަތި ދުވަހު 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

- އީމެއިލް: [email protected]

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޑިސެންބަރު 2025
ހޯދާ