މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު / މުދިމް (ވޭޖް އެމްޕްލޯއިމަންޓް) ޕޫލްގައި މަސައްކަތްކުރާނެ މީހުން ބޭނުންވެއްޖެ

               މިސްކިތުގައި މަސައްކަތްކުރައްވާ އިމާމުން ޗުއްޓީ އާއި ސަލާމުގައި ތިއްބަވާ ދުވަސްތަކުގައި މިސްކިތްތަކުގައި މަސައްކަތްކޮށްދޭނެ ޕޫލް އެކުލަވާލުމަށް ބޭނުންވެއްޖެއެވެ.

މަޤާމު:

އިމާމް / މުދިމް (ވޭޖް އެމްޕްލޯއިމަންޓް)

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އެމްޕްލޯއީމަންޓް)

ބޭނުންވާ އަދަދު:

06 (ހައެއް)

މަސައްކަތް ކުރަންޖެހޭ ތަން:

މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ މިސްކިތްތައް

މުއްދަތު:

1 (އެކެއް) އަހަރު (ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި މުއްދަތު އިތުރުކުރެވޭނެއެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ހަވާލްކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ކޮންމެވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައްތައް ރަނގަޅުކުރުމާއި، ނަމާދުވަގުތު ޖެހުމުން ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  2. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އަންގައިގެން ހައްލުކުރުމަށް މަސައްކަތް ކުރުން.
  3. މިސްކިތުގެ ސާފުތާހިރުކުރުމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި މަސައްކަތު މީހުންގެ މަސައްކަތް ސުޕަވައިޒްކޮށް ބަލައި ދިމާވާ މައްސަލަތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހައްލުކުރުމަށް މަސައްކަތް ކުރުން.
  4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކައުންސިލް އިދާރާއަށް އަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުން.
  5.  މިސްކިތައް ނަމާދަށް އަރާ މީހުންނަށް ރަނގަޅު މާހައުލެއް ގާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތަކުރުން.
  6. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލްގެ އިދާރާގެ ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއި އެފަދަ ލިޔުމެއް ހުރިނަމަ ކައުންސިލްގެ އިދާރާއަށް އަންގާ އެލިޔުމެއް ނައްތާލުން އަދި މިސްކިތުތެރޭގައި ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިޔުމެއް ހުރިނަމަ އެފަދަ ފޮތްތައް ކައުންސިލްގެ އިދާރާއާއި ހަވާލްކުރުން.
  7. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމްދީނާއި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގާނަމަ، ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ކައުންސިލްގެ އިދާރާއަށް އެންގުމާއިއެކު ކައުންސިލުން އަންގަވާ ގޮތެއްގެ މަތިން އަމަލުކުރުން.
  8. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިނަގާނަމަ، އެފަދަ ޕްރޮގަރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  9. ކައުންސިލުން އަންގައިފި ހިނދެއްގައި ކޭތަ ނަމާދާއި، އިދު ނަމާދާއި، ހުކުރު ނަމާދު އަދި ތަރާވީޙް ނަމާދު އިމާމްވެ ކުރުން.
  10. މިސްކިތާއި ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާ އަޑުއަހައި އެޝަކުވާތައް ކައުންސިލްގެ އިދާރާއަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން.
  11. ޙަވާލުކުރެވިފައިވާ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
  12. ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
  13. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  14.  ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމަ އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން. 

 

މަޤާމް

 

ރޭންކް

 

ޝަރުޠު

 

 

މުސާރަ

 

 

ސަރވިސް އެލަވަންސް

އާއްމުކޮށް ދުވާލަކު މަސައްކަތްކުރަންޖެހޭ ވަގުތު

އިމާމް

GS3

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ،

ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ،

ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް  61.00 ރުފިޔާގެ ރޭޓުން (މަހަކު 150 ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށް)

ނެތް

 05 ގަޑިއިރު

މުދިމް

GS1

ތަޖުވީދުގެ މަގުން ކީރިތި ޤުރްއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން (މަތީގައިވާ މަޤާމަށް ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކުންވެސް، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް މި މަޤާމަށް މީހުން ހޮވާނީ، މަތީގައިވާ މަޤާމަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތިލާފައި ނުވާނަމައެވެ.)

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް

 

53.00 ރުފިޔާގެ ރޭޓުން (މަހަކު 150 ގަޑިއިރަށްވުރެ އިތުރުނުވާގޮތަށް)

ނެތް

 05 ގަޑިއިރު

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން،
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ،
  •  މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި އަދި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ވެލިދޫ ކައުންސިލުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)                    . http://www.csc.gov.mv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އިންޓަރވިއު (ޕްރެކްޓިކަލް ހިމެނޭގޮތަށް)

60

ނޯޓު: މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޑިސެންބަރު 2025 ވަނަ ދުވަހުގެ ގެ 14:00 ގެ ކުރިން،  މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓު

ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި ރަށުގައި އިމާމްވެ ޢީދު ނަމާދާއި ހުކުރުކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 06 ޖެނުއަރީ 2026 އާއި 12 ޖެނުއަރީ 2026  އާދެމެދުއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

     މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010، 6568018، 6567980 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ "ރެކްރޫޓްމަނޓާއިގުޅޭ އާންމު އުޞޫލުތައް (http://www.csc.gov.mv/policy/index/51) ގެ "ޚާއްސަ އޮނިގަނޑުތަކުގެ ރެކްރޫޓްމެންޓް އުޞޫލުތައް https://www.csc.gov.mv/Policy/Index/ އިން ލިބެންހުންނާނެއެވެ.

23 ޑިސެންބަރު 2025
ހޯދާ