ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
ގިނަދުވަސްވެފައިވާ ހަރުމުދާ ނީލަން ކިޔުމާގުޅޭ

މި އޮފީހުގައި ހުރި ގިނަދުވަސްވެފައިވާ ތަކެތި ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުންވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައި ނުވާތީ، މި ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުންނެވެ. ނީލަމުގައި ހިމެނޭތަކެތީގެ މައުލޫމާތާއި އިތުރު ތަފްސީލް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ. 

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 4 ޖަނަވަރީ 2026ވާ އާދިއްތަ ދުވަހުގެ 13:00 އަށް ބިލެއްދޫ ސްކޫލް މަލްޓިޕާޕަސް ހޯލްއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ https:/bandeyripay.finance.gov.mv ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް  އަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނޭކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ކާމިޔާބު ކުރެއްވުމަށްފަހު އެތަކެތި ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ދެންނެވީމެވެ.

 

23 ޑިސެންބަރު 2025
ހޯދާ