މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ނަރުދޫ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ބޯފެން ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މަޝްރޫޢުގެ ދަށުން ޕްރީ ސްކޫލުގައި 2 ކަޅުހަން ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

  1. މި ކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ށ. ނަރުދޫ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްރޫޢުގެ ދަށުން ޕްރީ ސްކޫލުގައި 2 ކަޅުހަން ބެހެއްޓުން، މި އިދާރާގެ ނަންބަރު 278/278/2025/51(IUL) އިޢުލާނާއި ގުޅިގެން ލިބިފައިވާ ބިޑް ޑޮކިއުމަންޓްތައް ފުރިހަމަނުވާތީ، ދެވަނަ ފަހަރަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 30 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ޕްރޮޖެކްޓާ ބެހޭގޮތުން މަޢުލޫމާތުދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
  5. ބީލަމާއި ގުޅިގެން ސުވާލެއްވާނަމަ 31 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 07 ޖަނަވަރީ 2026 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
  7. ބީލަން ފޮތް ވިއްކޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް 24 ޑިސެމްބަރ 2025 އިން ފެށިގެންނެވެ. ބީލަން ފޮތުގެ އަގަކީ -/150ރ. (ސަތޭކަ ފަންސާސް ރުފިޔާ) އެވެ.
  8. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާއިން ލިބިލައްވާނެއެވެ. އަދި ފޯމް މި އިޢުލާނާއި އެއްކޮށް ގެޒެޓް ކުރެވިފައިވާނެއެވެ.
  9. މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ

ނަރުދޫ

ދިވެހިރާއްޖެ

ފޯން: 6540683

އީމެއިލް: [email protected]

22 ޑިސެންބަރު 2025
ހޯދާ