މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107/1 މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކޮންމެ 04 މަހަކުން އެއްފަހަރު ކައުންސިލުން ނިންމާ މުހިންމު ނިންމުންތަކުގައި ރައްޔިތުންނާ މަޝްވަރާކުރުމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުގެމަތިން، 2025 ވަނަ އަހަރުގެ ތިންވަނަ މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 26 ޑިސެމްބަރ 2025 ވާ ހުކުރު ދުވަހުގެރޭ 20:30 ގައި ހިތާދޫ ސުކޫލް ހޯލުގައެވެ.
ބައްދަލުވުމުގައި މަޝްވަރާކުރާ ކަންކަން:
- 2026 ވަނަ އަހަރުގެ ވޯކް ޕްލޭން ރައްޔިތުންނާ ޙިއްސާކުރުން.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
22 ޑިސެންބަރު 2025
ހޯދާ
