ދިވެހިރާއްޖެ
މަޤާމް: ޗީފް ފައިނޭންޝަލް އޮފިސަރ
ޑިވިޜަން: ފައިނޭންސް ޑިވިޜަން
ބޭނުންވާ ޢަދަދު: 01
ކޮންޓްރެކްޓްގެ މުއްދަތު: ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ:
-
އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ރޮނގުން މާސްޓަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9) ޙާޞިލްކޮށްފައިވުން، ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ ACCA / CIMA ގެ މެމްބަރޝިޕް ޙާޞިކޮށްފައިވުން. އަދި، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
-
އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ރޮނގުން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ޙާޞިލްކޮށްފައިވުން، ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި،އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މުސާރަ އާއި ޢިނާޔަތްތައް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކާއި މަސައްކަތުގެ ތަޖުރިބާއަށް ރިޢާޔަތްކޮށް، ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން މުސާރަ އާއި ޢިނާޔަތްތައް ދެވޭނެއެވެ.
- ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން ހެލްތު އިންޝުއަރެންސް، ރިމޯޓް ވަރކް އަދި މި ނޫނަސް މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައްް ދެވޭނެއެވެ.
- ޕްރޮފެޝަނަލް މެންބަރޝިޕް ޙާޞިލްކޮށްފައިވާ ފަރާތެއްނަމަ، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން އަހަރީ މެމްބަރޝިޕް ފީ ރީއިންބަރސް ކޮށްދެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތައް:
މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް (jobs.pension.gov.mv) މެދުވެރިކޮށެވެ.
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
-
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
-
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ .
-
މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް.
-
ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
-
ޕޮލިސް ރިޕޯޓު (ދޫކުރިތާ 4 މަސް ނުވާ).
އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިމްތިޙާނު ބޭއްވޭނީ 4 ޖަނަވަރީ 2026 އާއި 15 ޖަނަވަރީ 2026 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ.
ނޯޓު:
-
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
-
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަަކަށް އެކަންޏެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް (jobs.pension.gov.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
