މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫދަށް އެރޭ ސަރަހައްދުގެ ގޮޑުދޮށަށް އުޅަނދުފަހަރު އެހެލުމަކީ މަނާކަމެއްކަމުގައި ދެންނެވުން

ސުރުޚީގައި ދަންނަވާފައިވާ ފަދައިން މޫދަށް އެރޭ ސަރަހައްދުގެ ގޮޑުދޮށް ހިމެނޭ ހިސާބުކަމުގައިވާ އެ ސަރަހައްދުގެ ދެކޮޅު ހުރަސްތޮށިގަނޑުގެ ދެމެދަށް އެއްވެސް އުޅަނދެއް އެހެލުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. މި ސަރަހައްދުގެ މޫދަށް އުޅަނދު ވައްދައިގެން ފެހިކަހާ، ތެޔޮބަދަލްކޮށް އެ މޫދު ހަޑިވާނެ އެއްވެސް ކަމެއް ކުރުމަކީ، މަނާކަމެކެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން މޫދަށް އެރޭ ސަރަހައްދުގެ ގޮޑުށަށް ދޯނިފަހަރު އެހެލައި ފެހިކަހައި މަރާމާތުކޮށް ތެޔޮކަޑި،އިންޓަފޯލް ލައި ހެދުމަކީ ތަނުގެ ސާފުތާހިރުކަން ގެއްލި ތަން ހަޑިވާނެ ކަމެކެވެ. އަދި ގިނަފަހަރު ކަނދުތަކާއި ތަރައްޕަތް ފަދަ ތަކެތިވެސް ހުންނަނީ ތަރުތީބެއްނެތި އެތައް މިތާމިތާ އުކާލެވިފައިކަމަށްވުމުން މި ސަރަހައްދު ބޭނުނުންކުރާ މީހުންނަށް، ޚާއްޞަކޮށް ކުޑަކުދިންނަށް ވަރަށްބޮޑަށް އުދަގޫވާކަން ވަނީ ފާހަގަކުރެވިފައެވެ.

ވީމާ، އެއްވެސް ފަރާތަކުން މި ސަރަހައްދަށް އެއްވެސް ވަރެއްގެ އުޅަނދެއް އެހެލުމަކީ މަނާކަމެއްކަން ހަނދުމަފުޅުކޮށް އަރުވަމެވެ.

21 ޑިސެންބަރު 2025
ހޯދާ