ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަަނަ އަހަރު ވޭޖް އިމްޕްލޯއިމެންޓްގެ ދަށުން މީހުން ހޯދުން - ކައުންސިލް އެސިސްޓެންޓް (މިސްކިތު)

އިޢުލާނު

2026 ވަނަ އަހަރު ވޭޖް އިމްޕްލޯއިމެންޓްގެ ދަށުން ކައުންސިލް އެސިސްޓެންޓް (މިސްކިތު ޕޫލް) ގެ މަޤާމަށް މީހުން ހޯދުން.

މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ ދާއިމީ މުވައްޒަފުން ޗުއްޓީ ނެގުމުން، ސަލާމް ބުނުމުން ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީ ނެގުމުން އެދުވަސްތަކުގައި ވަގުތީ ގޮތުން މިސްކިތުގެ މަސައްކަތް ކުރުމަށްޓަކައި ވޭޖް އިމްޕްލޯއިމެންޓް އުޞޫލުން ޕޫލަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

ކައުންސިލް އެސިސްޓެންޓް (ޕޫލް – ވޭޖް އިމްޕްލޯއިމެންޓް)

މަޤާމު އޮތް އޮފީސް:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ (ރަށުގެ މިސްކިތްތައް)

ބޭނުންވާ ޢަދަދު:

05 (ފަހެއް)

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އިމްޕްލޯއިމެންޓް)

މަޤާމުގެ މުއްދަތު:

01 އަހަރު (01 ޖަނަވަރީ 2026 އިން 31 ޑިސެންބަރު 2026 ގެ ނިޔަލަށް)

މަސައްކަތްކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ މިސްކިތްތައް

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/45 ރުފިޔާގެ ރޭޓުން (މަހަކު 150 ގަޑިއިރަށްވުރެ އިތުރުނުވާގޮތަށް، ދުވާލަކު 05 ގަޑިއިރު)

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ކޮންމެ ފަރުޟު ފަސްނަމާދު ވަގުތެއްގެ ގަޑި ޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ޙާޟިރުވެ މިސްކިތާއި މިސްކިތުގެ އިސްކުރުބަރިއާއި ކާޕެޓާއި، ފާޚާނާ ރަނގަޅަށް ސާފުކޮށް މިސްކިތުގެ ދޮރުފަތްތައް ހުޅުވައި، އޭސީ ޖައްސައި، ފަންކާތައް ޖަހައި، ބޮކިދިއްލައި، އެއަރ ފްރެޝްނާޖަހައި، ނުވަތަ ހުވަނދުކޮށް، ނަމާދު ވަގުތަށް މިސްކިތް ރަނގަޅަށް ތައްޔާރު ކުރުން. މިސްކިތުގެ ކާޕެޓް ސާފުރަންޖެހޭނީ ވެކިޔުމް ކުލީނަރ ބޭނުން ކޮށްގެންނެވެ. މިސްކިތުގައި އަޅާފައިވާ ކާޕެޓް ކޮންމެ ދެމަހުން އެއްމަހު ކާޗަރ މެޝިން ބޭނުންކޮށްގެން، ދޮވެ ސާފުކުރަންޖެހޭނެއެވެ. 
  4. ކޮންމެ ފަރުޟު ނަމާދެއްކޮށް ނިމުމުން މިސްކިތުގެ ފާޚާނާއާއި އިސްކުރު ބަރިއާއި މިސްކިތް ސާފުކޮށް، ދޮރުފަތްތައް ލައްޕައި، އޭސީ، ފަންކާތައް، ލައިޓުތައް ކައުންސިލްގެ އިދާރާއިން އަންގާފައިވާ ގޮތަށް ނިއްވައި، މިސްކިތުގެ އެންމެހައި ތަކެއްޗަށް ސަމާލުކަންދީ އެތަކެތި ހުންނަށްޖެހޭ ތަންތަނުގައި ބެހެއްޓުމާއި، ތަޅުޅަންޖެހޭ ތަންތަން ތަޅުލުން. ކޮންމެ ފަރުޟު ފަސްނަމާދު ވަގުތުގައި 30 މިނިޓުގައި މަސައްކަތް ކުރަންޖެހޭނެއެވެ.
  5. ކޮންމެ ދުވަހެއްގެ ހެނދުނު 6:30 ން 9:00 އަށް މިސްކިތާއި ގޯއްޗާއި މިސްކިތުގެ ގޯތީގައިހުރި ތަންތަނާއި ތަކެތި ސާފުކުރުމާއި، ބަގީޗާގަސްތަކާއި އެނޫންވެސް ކަންކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި މިސްކިތާއި ގުޅުންހުރި ތަންތަނާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކާއި ދިމާވާ ކަންކަން މިސްކިތުގެ އިމާމަށް އެންގުމާއި އަދި އެކަންކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިސްކިތުގެ އިމާމު ނުވަތަ މުދިމު ނުވަތަ ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރުން. 
  6. މިސްކިތާއި މިސްކިތުގެ އިސްކުރުބަރިއާއި، މުންނާރުގެ ފާރުތަކާއި، ވަށާފާރާއި މާބަގީޗާ ފާރުތަކާއި ސީލިންގއާއި ބޯޑަރުގައި ކުލައާއި ދަވާދު ލުމާއި، މިސްކިތުގެ ގޯތީގައި ޖަހާފައިވާ ގައުތަކާއި މިސްކިތުގެ ދޮރުތަކާއި، ދޮރުފަތްތަކުގައި، ދަވާދުލުމާއި، މިންބަރުގައި ވަރުނީސް އުނގުޅުމާއި، އަދި މިސްކިތާއި މުންނާރުގެ ގުއްބާއި، ހޯނު ސްޕީކަރު ހަރުކުރުމަށް ޖަހާފައިވާ އެންޓަނާގައި ދަވާދު ލުމާއި، އެތަންތަނާއި ގުޅޭގޮތުން ކުރަންޖެހޭ އެނޫން މަސައްކަތްތަކާއި، އަދި މިސްކިތުގެ ގޯތީގައި ޢިމާރާތްކޮށް މަރާމާތު ކުރުމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްގެ އިދާރާއިން އަންގައި ގޮތުގެ މަތިން ކުރުން.
  7. މިސްކިތުގެ މުންނާރު ނުވަތަ ހޯނުސްޕީކަރު ހަރުކޮށްފައިވާ އެންޓަނާއަށް އަރައި ހޯނުސްޕީކަރަށް ޖެހޭ މައްސަލަތައް ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރުމާއި، މިސްކިތާއި، އިސްކުރުބަރިއާއި އެތަންތަނުގެ ސީލިންގާއި ލައިޓުތަކާއި ފަންކާތަކާއި ބިއްލޫރި ގަސްތަކާއި، އޭސީތަކާއި، މިންބަރު ސާފުކޮށް ބެލެހެއްޓުމާއި މިސްކިތާއި މިސްކިތުގެ މުންނާރު ހުންނަ ލައިޓްތައް ދިއްލައި ނިއްވުމާއި އަދި އެފަދަތަކެތި ބަދަލު ކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.
  8. މަދުވެގެން ދެމަހުން އެއްމަހު މިސްކިތުގެ ފެންވަޅު ނުވަތަ ވަޅުތައް ދިއަހިއްކައި ސާފުކުރުމާއި، މިސްކިތާއި މިސްކިތުގެ އިސްކުރުބަރިއާއި މުންނާރާއި، އެތަންތަނުގެ ފާރުތަކާއި، އަދި މިސްކިތު ގޯތީގެ ވަށާފާރާއި، މާބަގީޗާގެ ފާރުތަކާއި، މިސްކިތު ގޯތީގައި ޖަހާފައިވާ ގައުތަކާއި، މިސްކިތުގެ ފުރާޅާއި ނަލަފިލާތަކާއި، ދިޔަދޮވިތަކާއި، ފެންބޭލިތައް ދޮވެ ސާފުކުރުމާއި، އެ އެންމެހައި ތަންތަނާއި ތަކެތި ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުމާއި އަދި ކޮންމެ ދުވަހަކު މިސްކިތުގެ ގޯތި ތެރެއާއި އަދި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ މިސްކިތާވީބައި ވިނަ ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި އުފެދޭ ކުނި ހަމަޖެހިފައިވާ ގޮތަށް ކުނި ގޮނޑަށް އުކަމުން ގެންދިޔުން.
  9. ބޮޑުޖަމާޢަތް ހަދައިގެން ނަމާދު ކުރުމަށް ކައުންސިލްގެ އިދާރާއިން ހަމަޖައްސައި ތަނެއްގައި އެކަމާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މުވައްޒަފު މަސައްކަތްކުރާ މިސްކިތް ފިޔަވައި އެނޫންމިސްކިތެއް ސާފުކޮށް ބެލެހެއްޓުމަށް، ކައުންސިލްގެ އިދާރާއިން އަންގައިފި ނަމަ އެ މިސްކިތެއް ސާފުކޮށް ބެލެހެއްޓުމާއި އަދި އެ މިސްކިތާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  10. މިސްކިތުގައި ދީނީ ދަރުސްތައް ދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނަމަ ކައުންސިލް އިދާރާއިން ހަމަޖައްސައި ގޮތެއްގެ މަތިން އެކަން ކުރުމާއި އަދި ފަރުޟު ފަސްނަމާދު ފިޔަވައި ކޭތަ ނަމާދާއި ޢީދު ނަމާދާއި، ހުކުރު ނަމާދާއި، ކަށުނަމާދާއި، ތަރާވީޙު ނަމާދާއި ދަމްނަމާދަށް މިސްކިތް ތައްޔާރު ކުރުމާއި ނަމާދުކޮށް ނިމުމުން އެކަމާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. މިސްކިތުގެ ވަޒީފާގެ މަސައްކަތް ޙާޟިރުވަންޖެހޭ ގޮތުގެމަތިން ޙާޟިރުވެ ޙާޟިރީ ފުރިހަމަ ކުރުމާއި، ކައުންސިލްގެ އިދާރާއަށް ޙާޟިރުވުމަށް އޮންނަ ގޮތުގެ މަތިން ޙާޟިރުވެ ކައުންސިލްގެ އިދާރާގައި ސޮއި ކުރުމާއި، މިސްކިތާ ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހައި އެޝަކުވާތައް މިސްކިތުގެ އިމާމު ނުވަތަ މުދިމަށާއި އަދި މި އިދާރާއަށް އަންގައި، އެކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރުން.
  12. މުވައްޒަފުންގެ ބައްދަލުވުންތަކާއި، އިޖްތިމާޢީ ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާ ދިނުމާއި، އަދި ޤައުމީ، ރަށު ފެންވަރުގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ޤައުމީ، ރަށުފެންވަރުގައި ފާހަގަކުރާ ހަފްލާތަކަށް ތައްޔާރުވުމުގައި ކައުންސިލްގެ އިދާރާއިން އަންގައި ގޮތެއްގެ މަތިން އެކަންކަމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  13. ރަސްމީ ގޮތުން ޙަވާލުކޮށްފައިވާ އެންމެހައި މަސައްކަތްތައް ދުވަހުން ދުވަހަށް ކޮށްނިންމުމާއި، މިސްކިތުގައި ކުރަމުންގެންދާ އެކިއެކި މަސައްކަތްތަކާއި، ހިންގާ ޕްރޮޖެކްޓްތަކާއި ގުޅިގެން ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން އެކަންކަމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި އަދި ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމުގައި މިސްކިތު އިމާމު، މުދިމު، ނުވަތަ ކައުންސިގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން އެ މަސައްކަތްތައް ކުރުން.
  14. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރާ، އަދި ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކާއި، ކުއްލިގޮތެއްގައި ޙަވާލުކުރާ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް، ފަރުވާތެރިކަމާއެކު އެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ލިޔަން ކިޔަން އެނގުން

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ސްކްރީނިންގ މަރުޙަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ފޮޅާ ސާފުކުރުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާ އިދާރާގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

-  އަސާސީ ޝަރުޠު ހަމަވުމުން               (%50)

-  އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު   (%5)

-  އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ   (%5)

-  އިންޓަރވިއު                        (%40)

  • ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 (ހަތްދިހަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޑިސެންބަރު 28 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2025 ޑިސެންބަރު 29 އާ 2026 ޖަނަވަރީ 08 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާ ގުޅޭ" https://www.csc.gov.mv/Policy/Index/51  އިން ލިބެން ހުންނާނެއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމް ފޮނުއްވި ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ޑިސެންބަރު 2025
ހޯދާ