ދިވެހިރާއްޖެ
މިރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމެނޭ ޕިކްނިކް އޭރިއާ ސަރަހައްދު ކަމުގައިވާ ނިކަގަސް މަގުގެ ދެކުނުން ގުލްޝަނީމަގުގެ އިރުން ސަޢީދު ކަތީބު ހިނގުމުގެ އުތުރުން އެވާ ސަރަހައްދުގައި ކަނޑާލާފައިވާ ގަސްގަހުގެ ބައިތަކާއި ބޮޑުނިކަގަސް ބުޑުގައި ކަނޑާލައިފާ ހުރި ނިކަގަހުގެ ބައިތަކާއި އަދި ކައުންސިލް އިދާރާ މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން އިމާރާތުން ބައުވެގެން ނަގާފައިވާ ދޮރުފަދަ ބައުތަކެތި ނީލަން ކިޔުން 29 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މިދެންނެވި ތަކެތި ގަންނަ ފަރާތުން ފައިސާ ދެއްކުމަށްފަހު 01 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެތަކެތި ނަގާ ތަން ސާފުކޮށް ނިންމަންވާނެއެވެ. އެހެންކަމުން މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ އެންމެހާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ގަޑިޔަށް ކައުންސިލް އިދާރާ ކުރިމައްޗަށް ވަޑައިގެންދެއްވުން އެދެމެވެ.
ވީމާ، މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
