ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންޓާރން (އެޑްވޮކަސީ އެންޑް އެވެއަރނަސް ޑިޕާރޓްމަންޓް)

 

އިންޓާރންޝިޕްގެ ފުރުޞަތު

މަގާމު:

އިންޓާރން (އެޑްވޮކަސީ އެންޑް އެވެއަރނަސް ޑިޕާރޓްމަންޓް)

 

ބޭނުންވާ އަދަދު:

1 )އެކެއް(

 

މުއްދަތު:

6 (ހައެއް) މަސް

 

ކުރަންޖެހޭ މަސައްކަތްތައް

  • ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ދާއިރާއިން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.
  • ޑިޕާރޓްމަންޓްގެ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ދިނުން.

 

އިންޓަރންޝިޕް އަދާ ކުރަންޖެހޭ ތަން:

ޗިލްރަޑްންސް އޮމްބަޑްސްޕަރސަންގެ އޮފީސް، އެޑްވޮކަސީ އެންޑް އެވެއާރނަސް ޑިޕާރޓްމަންޓް

މަސައްކަތް ކުރަންޖެހޭ ގަޑި:

ދުވާލަކު 6 ގަޑިއިރު

އިންޓާރނެއްގެ ގޮތުގައި ފުރުސަތު ދެވޭނެ ފަރާތްތައް: 

ސާނަވީ ތައުލީމު ނުވަތަ މަތީ ސާނަވީ ތައުލީމު ހާސިލުކޮށް މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ހޯދަން ބޭނުންވާ ދަރިވަރުން.

އަންޑަރގްރެޖުއޭޓް ނުވަތަ ޕޯސްޓްގްރެޖެއޭޓް ނިމިފައިވާދަރިވަރުންގެ ތެރެއިން ކިޔަވާފައިވާ ކޯހަކާބެހޭ މަސައްކަތު ތަޖުރިބާ ހޯދަން ބޭނުންވާ ދަރިވަރުން.

 

 

އިންޓާރންޝޕްއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:  

  1. ތަޢުލީމާއި ތަމްރީން
  2. ތަޖުރިބާ
  3. އިންޓަވިއު

 

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓަރންޝިޕްއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  3. އިންޓަރންޝިޕްއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  4. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  5. މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތެއްނަމަ، ލިބިފައިވާ ތަޖުރިބާ ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް

 

ސުންގަޑި:

މި އިންޓާރންޝިޕްއަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 30 ޑިސެމްބަރު 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި[email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ނޯޓް:

  • މި އިންޓާރންޝިޕްއަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
  • މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
  • އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބާއްވާނެ ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގައެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
  • އަދި މި އިންޓާރންޝިޕްއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓާރންޝިޕްއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
  • އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.

 

21 ޑިސެންބަރު 2025
ހޯދާ