ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން.

            މިކޯޓުގެ ނަންބަރު 669-A/2025/42އިއުލާނާ ގުޅިގެން ނީލަން ކިޔުނު ތަކެތީގެ ތެރެއިން އެނީލަމުގައި ވިއްކާ ނުލެވިހުރި ތަކެތި އަލުން ނީލަން ކިޔަން ބޭނުންވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ. 

ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ގއ.ދާންދޫ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރޭގައި

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 26 ޑިސެމްބަރ 2025 ވާ ހުކުރު ދުވަހުގެ 16:00 ގައި

ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަން

ނީލަން ކިޔަން ބޭނުންވާ ތަކެތީގެ ލިސްޓު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.

          ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ 22:00ގެ ކުރިން "ބަނޑޭރި ޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 27 ޑިސެމްބަރ 2025 ވަނަ ހޮނިހިރު ދުވަހުގެ 12:00ގެ ކުރިން ތަކެތި ގެންދަން ވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މިކޯޓުގެ ނަންބަރު 6820741 ފޯނަށް ގުޅުއްވުން އެދެމެވެ.

         ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކޮޕީއެއް ގެންނަށްވާނެއެވެ.

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޑިސެންބަރު 2025
ހޯދާ