ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

އިޢުލާން

2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

ދިޔަމިގިލީ ޕްރީސްކޫލަށް 2026 ވަނައަހަރުގެ ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. 

ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން  ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމުގައި ބަލާނެގޮތް:

ގްރޭޑް

2026 ވަނައަހަރު ސްކޫލަށް ކުދިން ވެއްދުމާއި ބަދަލުކުރުމުގައި އުމުރުފުރާ ބަލާނެގޮތް

ބޭބީ ނާސަރީ

2025 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

ނާސަރީ

2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

 2026ވަނައަހަރު ފެށިގެން ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ، ފާއިތުވާ އަހަރުގެ 31 ޑިސެމްބަރަށެވެ.  ނަމަވެސް ބެލެނިވެރިޔާ އެދިއްޖެނަމަ 2026 ވަނަ އަހަރުގެ މާރޗް 31 ގެ ނިޔަލަށް 2 އަހަރުފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުޞަރު ލިބޭނެ ވާހަކަ ދެންނެވީމެވެ. އަދި ބެލެނިވެރިޔާ އެދިގެން 2026 ވަނަ އަހަރުގެ މާރޗް 31 ގެ ނިޔަލަށް 2 އަހަރުފުރޭ ކުދިންގެ ފޯމާއި އެކު ބެލެނިވެރިޔާގެ އިއުތިރާޒެއްނެތް ކަމުގެ ސިޓީއެއް ލާންވާނެއެވެ.

ވީމާ ބަޔާންކޮއްފައިވާ ގޮތުގެމަތިން އުމުރުފުރާ ހަމަވާ ދަރިވަރުން 2025 ޑިސެމްބަރ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސްކޫލަށް ވައްދަން އެދޭ ފޯރމް ފުރިހަމަކުރުމަށް އެދެމެވެ .

ސްކޫލަށް ވައްދަން އެދޭ ފޯމުގެ އޮންލައިން ލިނކް: https://forms.gle/2gAxxwnGA8LX68a36

 

27 ޖުމާދަލްއާޙިރާ 1447

18 ޑިސެމްބަރ 2025

18 ޑިސެންބަރު 2025
ހޯދާ