ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
|
އިޢުލާން ނަމްބަރ: 137-IU/PR/2025 /120 |
ޕްރޮޖެކްޓް ނަމްބަރ: 137-PR/2025/W-43 |
|
ޕްރޮޖެކްޓްގެ ނަން: ދަރުމަވަންތަ ހޮސްޕިޓަލުގެ ފިނިކުރާ ނިޒާމުގައި ބޭނުންކުރާ ޑައިކިން 2 ޗިލަރ ކޮންޑެންސަރތަކުގެ އެޑީ ކަރަންޓް ޓެސްޓް ހެދުން |
|
ދަރުމަވަންތަ ހޮސްޕިޓަލުގެ ފިނިކުރާ ނިޒާމުގައި ބޭނުންކުރާ ޑައިކިން 2 ޗިލަރ ކޮންޑެންސަރތަކުގެ އެޑީ ކަރަންޓް ޓެސްޓް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މަސައްކަތުގެ ތަފްސީލް/ މި އިއުލާނާއެކު ހިމަނާފައިވާނެއެވެ.
- ބިޑް ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި އެއްގޮތަށް، ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
- މަސައްކަތް ނިންމަން ކަނޑައަޅާ މުއްދަތު ބަޔާންކުރުން
- މި ބީލަމަށް ހުށަހަޅާ ޕްރޮޕޯސަލް/ ކޯޓޭޝަންގެ ސޮފްޓްކޮޕީ ޕެންޑްރައިވް ގައި ހުށަހަޅަންވާނެއެވެ.
2-ހުށަހަޅަންޖެހޭ ތަކެތި
- ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީ.އެސް.ޓީ ހިމަނައިގެން ބީއޯކިއު ފޯމެޓްގައި
- ވިޔަފާރި ރަޖިސްޓްރީ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
- ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
- އިއުލާނުކުރި ތާރީހާ ހަމައަށް 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް
- ވޭތުވެ ދިޔަ 05 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއް Eddy Current testing ފަދަ މަސައްކަތް ކޮށްފައިވާ ކަމުގެ01 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން
- ޓެކްނިކަލް ގޮތުން ލިބިފައިވާ ތަމްރީން/ ސެޓްފިކެޓްތަކުގެ ކޮޕީ
3-އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލް
- ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ.
- އަގަށް މާކްސް ދެވޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުނެވެ.
|
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
|
1 |
އަގު |
100 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
ބީލަން ހުށަހަޅާނެގޮތް
ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް / އައި.ޖީ.އެމް ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލުގެ ފިނިކުރާ ނިޒާމުގައި ބޭނުންކުރާ ޑައިކިން ޗިލަރ ކޮންޑެންސަރތަކުގެ އެޑީ ކަރަންޓް ޓެސްޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
ބީލަން ހުށަހެޅުން
- ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 23 ޑިސެމްބަރ 2025 ވަނަ ދުވަހުގެ :11:00ގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
- ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޞިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޙިލާފް މައުލޫމާތު ހިމަނަފައިވުން.
- ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.
- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
- ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.
ނޯޓު:
- ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
https://www.igmh.gov.mv/publications/tenders/
- މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
28 ރަބީއުލް އާހިރާ 1447
18 ޑިސެމްބަރ 2025
