މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ކާށިދޫގައި ދެ ސަރަޙައްދެއްގައި ބާބަކިއު އޭރިޔާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުން

ކ. ކާށިދޫގައި ދެ ސަރަޙައްދެއްގައި ބާބަކިއު އޭރިޔާއެއް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިއިދާރާއިން ދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް ބާބަކިއު އޭރިޔާއެއް ތަރައްޤީކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ބީލަން ހުޅުވާލެވިފައިވާ ފަރާތްތައް

  • މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަވެ.

ބީލަމުގައި ރަޖިސްޓްރީވުން

  • ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރައްވާ، ބިޑް ރަޖިސްޓްރޭޝަން ފީ 300.00 (ތިންސަތޭކަ) ރުފިޔާ ދެއްކުމަށްފަހު، 25 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ޕްރީ ބިޑް މީޓިން

  • މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 23 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓީން ރޫމްގައެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 31 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.
  • ކަނޑައެޅިފައިވާ ސުންގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި މަޢުލޫމާތު ދިނުމުގެ މީޓިންގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އިތުރު މާޢުލޫމާތު:

  • އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 7798119 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

 

18 ޑިސެންބަރު 2025
ހޯދާ