|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މުވައްޒަފުންގެ މުސާރަޔާއި އެލަވަންސް ދިނުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު، ކަނޑައެޅޭ މުއްދަތަށް ހޯދުމުގެ މަސައްކަތްކުރުވައި، ރިޕޯޓް ހޯދުވައި، ރިޕޯޓް ލިބުމުން، މުސާރަޔާއި އެލަވަންސް ދިނުމަށް މުސާރަ ޝީޓް ތައްޔާރުކުރުވުން.
- މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންތައް ހަމަޖެހިފައި އޮންނަ އުޞޫލުގެމަތިން ކުރުވުން.
- މުސާރަޔާއި އެލަވަންސް، މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރޭތޯ ބަލައި، ޖަމާކުރެވުނު ތާރީޚު ލިޔުއްވައި، މުސާރަ ސްލިޕްތައް ހައްދައި، އެ މުވައްޒަފުންނަށް ރައްދުކުރުވުން.
- ޕެންޝަން ސްކީމުގައި ބައިވެރިވާ މުވައްޒަފުންގެ މަޢުލޫމާތު، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޤަވާޢިދުން ފޮނުވާތޯ ބެލުން.
- އެޗް. އާރު. ސިސްޓަމްގެ އެޑްމިނިސްޓްރޭޓަރާ ގުޅިގެން ސިސްޓަމް ފަންކްޝަންކުރުވައި، ތަރައްޤީކޮށް، މި ސިސްޓަމުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި މުވައްޒަފުން ހިމެނޭގޮތަކަށް މަސައްކަތްކޮށް، މި ކަމާ ގުޅޭ ތަމްރީން ހިންގުން.
- ސެކްޝަނުގައި ކުރެވޭ މަސައްކަތްތައް މޮނިޓަރކޮށް، އެ މަސައްކަތްތައް ހަލުވިކުރުވައި ތަރައްޤީކުރުން.
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
|
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ޔުނިވަރސިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ.
|
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 ނޮވެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަންބަރު ފޯނާއެވެ.
|
|
7 ޞަފަރު 1437
|