މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޘެއް ހޯދުމާއިބެހޭ.
1447 ވަނަ އަހަރުގެ ރަމަޟާންމަހު މ. ނާލާފުށީ " މަސްޖިދުއްނޫރު " ގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޘެއް ހޯދަން ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވެލައްވާ ދިވެހި ޙާފިޘުންނަށް މިކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޝަރުޠު:
- · ޙާފިޘު ކަމުގެ ސަނަދު އޮތުން.
އުޖޫރައާއި އިތުރު އިނާޔަތްތައް:
- ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް -/700 (ހަތްސަތޭކަ) ދިވެހި ރުފިޔާ
- މީގެ އިތުރުން މާލެއިން ރަށަށް އައުމާއި ދިޔުމާއި، ރަށުގައި ހުރުމާއި އަދި ކެއުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުން.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 31 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކްގައިވާ ފޯމު ފުރުއްވުން އެދެމެވެ.
ފޯމުގެ ލިންކް: https://forms.gle/h5HEKsiFyeemU82i9
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
18 ޑިސެންބަރު 2025
ހޯދާ
