ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން
ކޫލް ސްކޫލް ޕްރޮޖެކްޓްއަށް ހޯލް އަދި ކްލާސްރޫމްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،2025 ޑިސެމްބަރ 23 ވާ އަންގާރަ ދުވަހު 14:00 ގެކުރިން ދެވިފައިވާ ލިންކް މެދުވެރިކޮށް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް ދަންނަވަމެވެ.
ބިޑް ރަޖިސްޓްރީ ފޯމްގެ ލިންކް: https://forms.gle/VduZM3TfJ1afiwhc7
މި މަސައްކަތާއި ބެހޭގޮތުން ނުވަތަ އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ގުލޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 23 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބިޑް ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ސްކޫލް އޮފީހުގައެވެ.
- ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެންމެ ބިޑެކެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.
ތ.އަތޮޅު ތައުލީމީ މަރުކަޒު / ތ.ތިމަރަފުށި، ދިވެހިރާއްޖެ
ފޯން: 6780015
އީ-މެއިލް: [email protected]
