މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޘަކު ހޯދުން

އިޢުލާން

1447 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޘަކު ހޯދުން

1447 ވަނަ އަހަރުގެ ރަމަޟާންމަހު ށ.ކަނޑިތީމު މަސްޖިދުލް ތަޢުބާގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ޙާފިޡަކު ގެނައުމުގެ މަސައްކަތް ކޮއްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 25 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި އަގު ބަޔާންކޮށް މި އިދާރާއަށް ކޮޓޭޝަން ހުށައެޅުމަށް ދަންނަވަމެވެ.

 

ޙާފިޡުން ގެންނަ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.

  1. ޙާފިޡުން ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަތަށް ހޯދުން
  2. ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ އަދި އިންޝުއަރެން ކުރަންޖެހޭނަމަ އެކަން ހަމަޖެއްސުން
  3. ބޭރުން ޙާފިޡަކު ގެންނަނަމަ ރާއްޖެ ގެނައުމާއި ރަށާއިހަމަޔަށް ގެންގޮސްދިނުން
  4. ޙާފިޡު މާލެގައި މަޑުކުރައްވާ ދުވަހުގެ ހުރުމާއި ކެއުން ހަމަޖެއްސުން
  5. ރަމަޝާން މަސް ނިމުމުން ޙާފިޡު އަންބުރާ ގެނަދިޔުން
  6. ޙާފިޡު ރަށުގައި ހުރުމާއި ކެއުން އަދި ގަޑިންގަޑިޔަށް މިސްކިތަށް ގެންދިޔުމުގެ ހުރިހާ ކަމެއް ހަމަޖެއްސުން

 

ކޮޓޭޝަން ހުށަހެޅުން:

 

ކޮޓޭޝަން ހުށައެޅުން އޮންނާނީ 25 ޑިސެމްބަރ 2025 (ބުރާސްފަތި) ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

މިކަމުގައި އަމަލު ކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާންމުކޮއްފައިވާ ނަންބަރ:  (19 ނޮވެމްބަރ 2025) ޢިއުލާންއާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

26 ޖުމާދުލްއާޙިރު 1446

 

                                              18 ޑިސެމްބަރ  2025

 

18 ޑިސެންބަރު 2025
ހޯދާ