ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މިސްކިތެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ނަންބަރު: 258/258/2025/98(IUL)

އިޢުލާން

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މިސްކިތެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ހަނިމާދޫ ބަނދަރުގައި ކޮންޓްރެކްޓް އުސޫލުން މިސްކިތެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތައް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުން ކުރެއްވުން އެދެމެވެ.

 ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/iFSwCv8rh1 

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަމުގައި ރަޖިސްޓީވުން

17 ޑިސެންބަރު 2025 އިން    28 ޑިސެންބަރު 2025 ނިޔަލަށް

28 ޑިސެންބަރު 2025 (އާދީއްތަ) ދުވަހުގެ ހެނދުނު 11:00 ގެ ކުރުން އޮންލައިންކޮށް.

އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން

21 ޖަނަވަރީ 2026 (ބުދަ)

ހެނދުނު 11:00 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް

އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައިއެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކޮށް ރަޖިސްޓަރީވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ވިމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 އިޙްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.

             27 ޖުމާދުލްއާޙިރާ 1447

             17 ޑިސެމްބަރ 2025

17 ޑިސެންބަރު 2025
ހޯދާ