ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެހުމުގެ މުބާރާތް ( އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުން )

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕޯސްޓަރ މުބާރާތް 2025

 

                   26 ޑިސެމްބަރ 2004 ގެ ޘުނާމީ ކާރިޘާގެ ހަނދާނުގައި  އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 10 އަހަރުން މަތީގެ ފަރާތްތަކަށް ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުރެހުމުގެ މުބާރާތުގެ ޤަވާއިދާއި އެއްގޮތަށް ޕޯސްޓަރ ކުރެހުމަށްފަހު 24 ޑިސެމްބަރ 2025 ވާ (ބުދަ) ދުވަހުގެ 13:30 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ކުރެހުމުގެ މުބާރާތުގެ ޤަވާއިދު އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

    ކުރެހުމުގެ މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް

  • 1 ވަނަ ކުރެހުން 1500 ރ ( އެއްހާސް ފައްސަތޭކަ ރުފިޔާ )
  • 2 ވަނަ ކުރެހުން 1000 ރ ( އެއްހާސް ރުފިޔާ )
  • 3 ވަނަ ކުރެހުން 500 ރ ( ފައްސަތޭކަ ރުފިޔާ )
  • 1ވަނަ 2ވަނ 3ވަނަ  އިތުރުން އެންމެރީތި 7 ކުރެހުމަށް 200 ރ ( ދުއިސައްތަ ރުފިޔާ )

                   ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                        27  ރަބީއުލްޢާހިރާ  1446

                       17  ޑިސެމްބަރ  2025

18 ޑިސެންބަރު 2025
ހޯދާ