ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިސެންޓަރުގެ ހޯލްގައި އެއަރ ކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން ނަންބަރ: (IUL)CHSE-SMT/1/2025/51

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

                         ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިސެންޓަރުގެ ހޯލްގައި އެއަރ ކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 21 ޑިސެމްބަރު 2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން[email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގައި މި ސެންޓަރުގެ (ހުޅުމާލެ ސީ އެޗް އެސް އީ ، ކުރިކީލަ މަގު) މީޓިންގ ރޫމްގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 ޑިސެމްބަރު 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން   [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

17 ޑިސެންބަރު 2025
ހޯދާ