ދިވެހިރާއްޖެ
އިޢުލާން
ކ. ތުލުސްދޫ ކައުންސިލް ޤުރްއާން މުބާރާތް 1447
ކ. ތުލުސްދޫ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ފެތުރުމަށްޓަކައި " ކ. ތުލުސްދޫ ކައުންސިލް ޤުރްއާން މުބާރާތް 1447 " މިރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭހެން ޖުމްލަ 9 ޢުމުރުފުރާ އަކުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ފެބްރުއަރީ މަހުގެ 19 ން 21 ( ރަމަޟާން މަހުގެ 2 ން 4 ) އަށެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2026 ޖެނުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް، 2025 ޑިސެމްބަރ 22 ވާ ހޯމަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 10:00 ން 13:30 އަށް ކ.ތުލުސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިމުބާރާތާއި ބެހޭ ޤަވާޢިދު މިޢިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޖުމާދަލްއާޚިރާ 1447
17 ޑިސެމްބަރ 2025
