ދިވެހިރާއްޖެ
`
މަގޫދޫ ސްކޫލް
ފ.މަގޫދޫ ، ދިވެހިރާއްޖެ
އިޢުލާން ނަންބަރ:GS71-D/IUL/2025/19
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ފ.މަގޫދޫ ސްކޫލްގެ ހޯލް އަދި ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.
1. ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ފ.މަގޫދޫ ސްކޫލްގެ ހޯލް އަދި ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވިމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްޞީލްތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރު 17 އިން 2025 ޑިސެމްބަރު 22 ގެ 10:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
https://forms.gle/LKMygrttadhLuMu9A
4. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ ނިޔަލަށް ، ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.
6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 24 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި ފ.މަގޫދޫ ސްކޫލް އޮފީހުގައެވެ.
7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިދާރީ ސެކްޝަން
ފ.މަގޫދޫ ސްކޫލް
ސޯސަންމަގު، މަގޫދޫ، ދިވެހިރާއްޖެ.
ފޯން: 6740591
އީ-މެއިލް: [email protected]
