ދަރަނބޫދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުގައި އުފެދޭ ކުނި އުކާލައިދޭނެ ފަރާތެއް ހޯދުމަށް

މިސްކޫލްގައި އުފެދޭ ކުނި މަހު ކުއްޔަށް 2026  ޖެނުއަރީ 01  އިން ފެށިގެން 2026 ޑިސެމްބަރ 31 ގެ ނިޔަލަށް އުކާލަދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޑިސެމްބަރ 23 ވާ އަންގާރަ ދުވަހުގެ 11:00 ގައި ސްކޫލަށްވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2025 ޑިސެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.

މިކަމަށްއެދި ހުށަހަޅަން ޖެހޭ ފޯމް މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިސްކޫލްގެ ނަންބަރ 7952911 އާ ގުޅުންވުން އެދެމެވެ.

17 ޑިސެންބަރު 2025
ހޯދާ