ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް) ގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ

އިޢުލާނު

ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް) ގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

 މިއިދާރާއަށް ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް) ގެ މަޤާމަށް މުވައްޒަފަކު ނެގުމަށް ބޭނުންވެއެވެ.

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-385027

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު ދުވަހަށް)

މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 01 އަހަރު ދުވަސް (ނޯޓް: ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވި ނަމަވެސް، މުވައްޒަފު ގެންގުޅެންޖެހޭ ޙާލަތު ދެމިއޮވެ، ބަޖެޓް ހަމަޖެހިފައިވާނަމަ، އިތުރު އިޢުލާނެއް ކުރުމަކާ ނުލައި ވަޒީފާގެ އެއްބަސްވުމުގެ ޖުމްލަ މުއްދަތު 2 (ދޭއް) އަހަރު ދުވަހަށްވުރެ އިތުރުނުވާގޮތަށް، އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ.)

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 1

މަޤާމުގެ ޖޮބް ފެމިލީ:

ސެކްރެޓޭރިއަލް، ސްކިލްސް އެންޑް އެލެމެންޓަރީ ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ / ހއ. އިހަވަންދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

މުނިސިޕަލް އެންޑް އިންފްރާސްޓްރަކްޗަރ މެނޭޖްމެންޓް ޔުނިޓް

އަސާސީ މުސާރަ:

މަހަކު 7700.00 ރުފިޔާ

މަޤާމުގެ އެލެވަންސް:

މަހަކު 2310.00 ރުފިޔާ

ޙާޒިރީ އިނާޔަތް

ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑި:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 08 ގަޑިއިރު، ހުކުރު ދުވަހު 03 ގަޑިއިރު

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުމާއި ކައުންސިލާއި ސެކްރެޓަރީ ޖެނެރަލްއަށާއި ސްޕަވައިޒަރަށް ޖަވާބުދާރީވުން.
  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށާއި ސްޕަވައިޒަރަށް ފުރިހަމައަށް ޖަވާބުދާރީވުން.
  • އެކި ކަންކަމާއިގުޅޭގޮތުން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ އަމުރުތަކާއި ބަހައްޓަންޖެހޭ ނޯޓިސްތަކާއި އަދި ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ތަފާތު އެކި މަސައްކަތްތައް ކުރުމަށް ކައުންސިލުން ހުއްދަދީފައިވާ ތަންތަނުގައި އެމަސައްކަތްތައް ކުރަމުން ގެންދަނީ ކައުންސިލުން ދީފައިވާ ހުއްދައާއި އެއްގޮތަށްތޯ ބަލައި ދީފައިވާ ހުއްދައާއި ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އުޞޫލާއި އެއްގޮތަށް އެޅުން.
  • ފައިބަރުން މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ ހަރުގެވަޅުތަކުގައި އެމަސައްކަތްތައް ކުރަނީ ހުއްދަދީފައިވާ ގޮތަށްތޯ ބަލައި ޤަވާޢިދާއި ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމުގައި އެހީތެރިވުމާއި އަދި އެފަދަ ކަންކަމުގައި ޢަމަލީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކުނިއުކަން ކަނޑައަޅާފައިވާ ސަރަޙައްދުތައް ނޫން އެހެން ސަރަހައްދުތަކަށް ކުނިއަޅާ ފަރާތްތަކާއި ކުނިއުކުން މަނާ ދުވަސް ދުވަހާއި ގަޑިތަކުގައި ކުނިގޮނޑަށް ކުނިއަޅާ ފަރާތްތައް ހުއްޓުވުމާއި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ކަމާބެހޭ ސެކްޝަނަށް ހިއްސާކުރުމާއި އަދި އެފަދަ ކަންތައްތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ރަށުގެ ގޮނޑުދޮށުން ޤަވާޢިދާއި ޚިލާފަށް ވެއްޔާއި އަކިރި ނަގާފަރާތްތަކާއި ރަށުގެ ވަލުތެރެއިން ވެލިނަގާ ފަރާތްތައް ހުއްޓުވުމާއި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ސެކްޝަނަށް ހިއްސާކުރުމާއި ރަށުގެ ބަނދަރާއި ރަށުގެ މޫދު ސަރަހައްދާއި ރަށުގެ ގޮނޑުދޮށް ސާފުކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ޢަމަލީގޮތުން ކުރުން.
  • ރަށުގެ ވަލުތެރެއިން ޤަވާޢިދާއި ޚިލާފަށް ދަރުކޮށާ ފަރާތްތައް ހުއްޓުވުމާއި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ސެކްޝަނަށް ހިއްސާކުރުމާއި އެކަންކަމާއި ގުޅޭ ގޮތުން ކައުންސިލުން އަޅާ ފިޔަވަޅުތައް ތަންފީޛުކުރުމުގައި އެހީތެރިވުމާއި އަދި ޢަމަލީ ގޮތުން އެމަސައްކަތްކުރުން.
  • މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި އަދި އެކިކަންކަމަށް ދޫކޮށްފައިވާ ބިންތަކުގައި ހުންނަ ރުއްގަހުން މަގަށް ނުކުމެފައި އޮންނަ ފަނާއި އޮފިތައް ކޮށުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަންކަން ހައްލުކުރުމުގައި އެހީތެރިވުން.
  • ނުދިއްލި ހުންނަ މަގުބައްތިތައް ރަނގަޅަށް ދެނެގަނެ އެތަކެއްޗާބެހޭ މަޢުލޫމާތު ކަމާބެހޭ ސެކްޝަނަށް އެންގުމަށް ތައްޔާރުކޮށްފައިވާ ސްލިޕް ފުރިހަމަކޮށް ލިޔުމުން އެންގުމާއި އަދި އެކަން މުނިސިޕަލް ސަރވިސް ޔުނިޓުގެ ވެރިޔާގެ ސަމާލުކަމަށް ގެނައުމާއި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން.
  • ރަށުގެ އިޖުތިމާޢީ ސަރަހައްދުގައި ހުންނަ ތަންތަން ފޮޅައި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި އަދި އެފަދަ ތަންތަނުގައި ހުންނަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  • ރަށުގެ ފަޅުގޯތިތަކާއި   ހުރިހާ ގޯތިތަކާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބަލަހައްޓާތޯ ބެލުމާއި، ރަށުގެ މަގުތަކާއި އެނޫންވެސް ތަންތަނުގައި ބަހައްޓާފައިހުންނަ ތަކެތި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ނަގަން އެންގުމާއި އެތަންތަން ސާފުތާހިރުކޮށް ބެލެއްޓުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ރަށުގެ ރައްޔިތުންގެ އިޖުތިމާއީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާއި ކައުންސިލްގެ އިދާރާއިން ރާވާ ކުރިއަށް ގެންދާ ތަފާތު އިވެންޓުތަކާއި ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ޚާއްސަ މުނާސަބަތަކާއި މުބާރާތްތަކާއި އެހެނިހެން ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި އެފަދަ ކަންކަމާއި ގުޅޭގޮތުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  • ވެށިފާރަ ވެރިވުމުގައި ބަލަންޖެހޭ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ޤަވާޢިދާއި ޚިލާފަށް ކަންކަން ކުރާފަރާތްތަކަށް ނަސޭޙަތްތެރިވެ އެފަދަ ކަންކަން ހުއްޓުވާ އަދި ވެށިފާރަވެރިވުމުގެ ޤަވާޢިދާއި އެއްގޮތަށް ފީނަގަންޖެހޭނަމަ ފީނެގުމަށް ޙަވާލުކުރަންޖެހޭ ސްލިޕް ޙަވާލުކުރުން.
  • ރަށުގެ ރައްޔިތުންނަށް ބަހަންޖެހޭ ތަކެތި ބެހުމާއި ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމާއި އުކާލަންޖެހޭ ތަކެތި އުކާލުމުގައި ކައުންސިލުގެ އިދާރާއަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި އަދި އެފަދަ މަސައްކަތްތައް ޢަމަލީގޮތުން ކުރުން.
  • ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ބޮޑެތި މަސައްކަތްތަކުގަޔާއި ކުއްލި ގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެމަސައްކަތްތައް ކުރުން.
  • ކައުންސިލުން ކުރިޔަށްގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
  • ކައުންސިލްގެ ގޯތިތެރެއާއި ރަށުގެ އެކި ސަރަހައްދުތަކުގައި ކައުންސިލްގެ އިދާރާއިން އިންދާފައިވާ ގަސްތަކަށް ފެންދިނުމާއި ގަސްތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

  • ލިޔަން ކިޔަން އެނގުން

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ސްކްރީނިންގ މަރުޙަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ފޮޅާ ސާފުކުރުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

- އަސާސީ ޝަރުޠު ހަމަވުމުން                             (%50)

- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު                 (%5)

- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ                 (%5)

- އިންޓަރވިއު                                       (%40)

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 (ހަތްދިހަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  24 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2025 ޑިސެންބަރު 25 އިން 2025 ޑިސެންބަރު 31 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު،މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އީ-މެއިލް ކުރައްވާނީ  [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު' (https://www.csc.gov.mv/Policy/Index/51)  އިން ލިބެން ހުންނާނެއެވެ.

މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ޑިސެންބަރު 2025
ހޯދާ