ކޮޅުމަޑުލު ކިނބިދޫ ސްކޫލް
ދިވެހިރާއްޖެ
ކޫލްސްކޫލް މަޝްރޫއުގެ ދަށުން ކިނބިދޫ ސްކޫލުގެ ހޯލް އަދި ކްލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމަތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

 

    

 ޕްރޮކިއުމެންޓް ނަންބަރު: PC-GS55/2025/03

ބީލަން ހުށަހެޅުމުގެ ދަޢުވަތު

GS55/IUL/2025/18 ނަންބަރު އިޢުލާނުގެ ބީލަން ފޮތަށް އިސްލާހެއްގެ ނައުމަށް އިޢުލާނު ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.

ކޫލްސްކޫލް މަޝްރޫއުގެ ދަށުން ކިނބިދޫ ސްކޫލުގެ ހޯލް އަދި ކްލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމަތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

 ކޫލްސްކޫލް މަޝްރޫއުގެ ދަށުން ތ.ކިނބިދޫ ސްކޫލުގެ ހޯލް އަދި ކްލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމަތުގެ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޑިސެންބަރު 2025 އިން 23 ޑިސެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ބީލަން ރަޖިސްޓަރ ވުމަށް އެދޭ ފޯރމް ފުހިމަ ކުރެއްވުން އެދެމެވެ.ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބިޑް ޑޮކިއުމެންޓްގައި ހިމަނާފައި ވާނެއެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން މަސައްކަތް ކުރަންޖެހޭ ތަނާއި މަސައްކަތްތައް 17 ޑިސެންބަރު 2025 އިންފެށިގެން 23 ޑިސެންބަރު 2025ގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އާ ދެމެދު މިސްކޫލަށް ވަޑައިގެން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

ބިޑް ހުޅުވުން އޮންނާނީ 24 ޑިސެންބަރު 2025 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލުގައެވެ.

    

 

ކިނބިދޫ ސްކޫލް

ޤާޒީ މަގު ، ތ.ކިނބިދޫ ، ދިވެހިރާއްޖެ

ފޯން :  9770234

މެއިލް އެޑްރެސް: [email protected]

17 ޑިސެންބަރު 2025

17 ޑިސެންބަރު 2025
ހޯދާ