ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްވިމިންގ ޓްރެކް އެޅުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

 އިޢުލާން

ތާރީޚް:

16 ޑިސެންބަރު 2025

ނަންބަރު:

(IUL)401-E/401/2025/72

26 ޖުމާދުލްއާޚިރާ 1447

އިޢުލާނުގެ ވަނަ:

2

ސްވިމިންގ ޓްރެކް އެޅުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

 

މިކައުންސިލުން ތަރައްޤީކުރަމުން އަންނަ ޕިކްނިކް އޭރިއާގައި ސްވިމިންގ ޓްރެކް އެޅުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ނަންބަރު (IUL)401-E/401/2025/68 (27 ނޮވެންބަރު 2025) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް، އެ މަސައްކަތަށް ހަމަޖައްސާފައިވާ ބަޖެޓަށްވުރެ އަގުބޮޑުކޮށް ހުށަހަޅާފައިވާތީ، އެ އަންދާސީ ހިސާބުތައް ބާޠިލް ކޮށްފީމެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

  • ބިޑް ޑޮކިއުމެންޓް ގަތުމަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ -/150ރ އެވެ.
  • ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި 23 ޑިސެންބަރު 2025 (އަންގާރަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.

ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.gle/SUgJd52NceGt2Z9b8

 

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން:

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަމާ ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި ކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
  • އިތުރު މަޢުލޫމާތު admin@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޑިސެންބަރު 2025 (އަންގާރަ) ދުވަހުގެ 13:00 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ޑިސެންބަރު 2025 (އަންގާރަ) ދުވަހުގެ 13:00ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

 

 

 

16 ޑިސެންބަރު 2025
ހޯދާ