ދިވެހިރާއްޖެ
މިކައުންސިލްއިން ކުރިން ދޫކުރަމުން އައި އެއްގަމު އުޅަނދު ދުއްވުމުގެ "ބީ" ޒޯން ލައިސަން ދޫކުރުން ދިގު މުއްދަތަކަށް މެދުކެނޑުމަށްފަހު، "އޭ" ޒޯން އެއްގަމު ލައިސަންސް ދޫކުރުން 21 ޑިސެންބަރު 2025 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޚިދުމަތަށް އެދޭނީ އީފާސް މެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލުންނެވެ. ސިމްސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ. https://sims.transport.gov.mv/login ލައިސަންސް ނެގުމަށް ބޭނުންފުޅުވާ ފަރާތްތަކުން ސިމްސް ޕޯޓަލް މެދުވެރިކޮށް ހުށައެޅުމަށް ދަންނަވަމެވެ. މި އިޢުލާނާއެކު އޮންލައިންކޮށް އެއްގަމު ލައިސަންސް ޚިދުމަތަށް އެދޭނެ ގޮތުގެ މަޢުލޫމާތު އެޓޭޗްކުރެވިފައިވާނެއެވެ. ދުއްވުމުގެ ފަރިތަކުރުން ކުރިއަށް ގެންދަން ބޭނުންފުޅުވާ ފަރާތްތަކަށް ޓްރެކް ހުޅުވާލެވިފައިވާ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މި ވަގުތު ރަށުން ދޫކުރެވޭ ކެޓަގަރީތައް
A0, A1
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
