ދިވެހިރާއްޖެ
|
ފިއްލަދޫ ސްކޫލް |
|
|
|
ހއ. ފިއްލަދޫ، |
އިޢުލާން ނަންބަރު: |
GS-85/IUL/2025/18 |
|
ދިވެހިރާއްޖެ. |
ޕްރޮކިއުމަންޓް ނަންބަރު: |
GS85/2025/05 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ކުލާސް ރޫމުތައް އެއަރކަންޑިޝަންކުރުމަށް މި ސްކޫލުގެ ކުލާސް ރޫމްތަކުގައި ކުރަންޖެހޭ މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
1. ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ކުލާސް ރޫމުތައް އެއަރކަންޑިޝަންކުރުމަށް މި ސްކޫލުގެ ކުލާސް ރޫމްތަކުގައި ކުރަންޖެހޭ މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ވުމަށް 2025 ޑިސެމްބަރ 16 ން 2025 ޑިސެމްބަރ 21 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު މި ސްކޫލްގެ މެއިލް [email protected] އަށް ފޮނުވުމަށް ދެންނެވީމެވެ.
-ވިޔަފާރީގެ ނަން އަދި ރަޖިސްޓްރޭޝަން ނަމްބަރ.
- ގުޅޭނެ ފަރާތުގެ ނަން އަދި ފޯން ނަމްބަރ.
-އިޢުލާން ނަމްބަރ.
ބިޑް ރަޖިސްޓްރީ ކުރެއްވުމުން، ރަޖިސްޓްރީ ކުރެއްވި ފަރާތުގެ އީމެއިލްއަށް ކޮންފަރމޭޝަން މެއިލް ފޮނުވޭނެއެވެ. ކޮންފަރމޭޝަން މެއިލް ނުލިބޭނަމަ ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ރަޖިސްޓްރީވާން އެދޭ ފަރާތުގެ ޒިންމާއެކެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
4. މިޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ ޕްރީބިޑް މީޓީންގ އޮންނާނީ 2025 ޑިސެމްބަރ 22 ވާ ހޯމަދުވަހުގެ 09:30 ގައި ފިއްލަދޫ ސްކޫލްގައެވެ.
5. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 23 ވަނަ ދުވަހު 13:00 ގައި ފިއްލަދޫ ސްކޫލްގައެވެ.
7. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
8. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 6500536
އީ-މެއިލް: [email protected]
26 ޖުމާދަލްއާޚިރާ 1447
16 ޑިސެމްބަރ 2025
