އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މި ސްކޫލްގެ ކުލާސްރޫމްތައް އެއަރކޮންޑިޝަން ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. )ޕްރޮޖެކްޓް ނަމްބަރ: GS124/2025/6)

a

އިނގުރައިދޫ ސްކޫލް                                       Inguraidhoo School

 ރ. އިނގުރައިދޫ، ދިވެހިރާއްޖެ                   R.Inguraidhoo / Republic of Maldives

                                                              ނަންބަރ: GS124/IUL/2025/18  

އިޢުލާން

                  ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މި ސްކޫލްގެ ކުލާސްރޫމްތައް އެއަރކޮންޑިޝަން ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.)ޕްރޮޖެކްޓް ނަމްބަރ: GS124/2025/6)

                  ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

                  މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                   މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

                   މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  17 ޑިސެމްބަރ 2025 އިން  21 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 11:00ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރުމަށްފަހު [email protected]  މެއިލް އަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

                   މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުން އޮށްނާނީ  22ޑިސެންބަރު  2025ވާ ހޯމަ ދުވަހުގެ 11:00 ގައި އިނގުރައިދޫ ސްކޫ އޮފީހުގައެވެ.

                   އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 24ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:00ގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި އިނގުރައިދޫ ސްކޫލްގައެވެ.   ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

         މިޕްރޮޖެކްޓާގުޅޭ ބިޑް ރަޖިސްޓްރީ ފޯމް، މަޢުލޫމާތު ކަރުދާސް އަދި ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                 25 ޖުމާދަލްއާޚިރު 1447

                16 ޑިސެމްބަރ 2025                                                

                                                                                                                           

16 ޑިސެންބަރު 2025
ހޯދާ