ދިވެހިރާއްޖެ
|
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: (IUL)VMC-HR/1/2025/47
ވަޒީފާގެ ފުރުޞަތު |
|
|
މަޤާމުގެ ނަން: ޕީ.އާރ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ |
- މުސާރަ (މަހަކު) : -/13,680 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/4,788 ރުފިޔާ މަހަކު - ލިވިންގ އެލަވަންސް: -/4,104 ރުފިޔާ މަހަކު - ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު) - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު) - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު) - އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
|
ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ ކްރިއޭޓިވް ލެބް/ކޮންޓެންޓް މެނޭޖްމަންޓް |
ބޭނުންވާ އަދަދު: 1 |
|
1. ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް (މާސްޓަރސް ޑިގްރީ) ހާސިލްކޮށްފައިވުން (ނުވަތަ)، ށ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)، ނ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން (ނުވަތަ)، ރ. ޖީސީއީ އޯލެވެލް ފުރިހަމަކުރުމާއެކު މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން.
2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ޕްރިމިއަރ އަދި ސަސްޓެއިނެބަލް މަންޒިލެއްގެ ގޮތުގައި ދައްކުވައިދިނުމަށް ބޭނުންވާ ޕީ.އާރު ކެމްޕޭންތައް ރާވައި ހިންގުން ށ. ޕީ.އާރު އާ ގުޅުންހުރި ކޮންޓެންޓް އިތުރަށް ފުޅާކޮށް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ސޯޝަލް މީޑިއާ ޓީމާ ގުޅިގެން މަސައްކަތްކުރުން. ނ. ދަތުރުފަތުރުގެ ދާއިރާގެ އެންމެ މަގުބޫލު މީޑިއާތަކުގައި ރާއްޖެއާ ބެހޭ ލިޔުންތައް ހުށަހަޅައި، އެފަދަ ފުރުސަތުތައް ހޯދުން. ރ. ކޮންމެ ކްއާޓަރ އަކު ދެ ފަހަރު، ބައިނަލްއަޤްވާމީ ނޫސްވެރިންނާއި އިންފްލުއެންސަރ ޕްރެސް ޓްރިޕްތައް އިންތިޒާމުކޮށް ހިންގުން. ބ. ގްލޯބަލް ޓްރެވަލް ޓްރެންޑްތައް މޮނީޓަރކޮށް ބެލެހެއްޓުމާއި، ޕީ.އާރުގެ މެސެޖްތައް މާކެޓް ޑިމާންޑާއި އެއްގޮތްކުރުން. ޅ. މި ކޯޕަރޭޝަނުގެ ފަރާތުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި ގޫޅޭގޮތުން ވާހަކަތައް އުފެއްދުން. ކ. ރާއްޖޭގެ ލޯކަލް މީޑިއާ، ޓީ.ވީ، ނޫސްތަކާއި އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާ އެކު ވަރަށް ގާތުން މަސައްކަތްކޮށް، މި ޕްލެޓްފޯމްތަކުގައި ޝާއިޢު ކުރެވޭ މަޢުލޫމާތުތަކަކީ މި ކޯޕަރޭޝަނުގެ މަސައްކަތްތަކާ އެކަށޭނަ މަޢުލޫމާތެއްކަން ޔަގީންކުރުން. އ. ދިވެހި ނޫސްވެރިންނާއި ބްލޮގަރުންނާއި އަދި މި ދާއިރާގެ މަޝްހޫރު ފަރާތްތަކާ ގުޅުން ބަދަހިކުރުން. މ. މީޑިއާ އިންކުއަރީސްތަކަށް އަވަހަށް ޖަވާބުދާރީވުމާއި ސްޓްރެޓެޖިކް ސްޓޯރީޓެލިންގ މެދުވެރިކޮށް ރާއްޖެއާގުޅޭގޮތުން ޕޮޒިޓިވް އިމޭޖެއް ކްރީއޭޓްކޮށް ދެމެހެއްޓުން ފ. މީޑިއާތަކަށް ޖަވާބުދާރީވުމަށް ފޯކަލްއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން ދ. މެނޭޖްމަންޓަށް ބޭނުންވާ ޕްރެސް ރިލީޒް، ބަޔާންތައް އަދި ތައްޔާރުކުރަންޖެހޭ އެހެނިހެން ސްޓޭޓްމަންޓްސް ޑްރާފްޓްކުރުން. ތ. ކޯޕަރޭޝަންގެ ރީތި ނަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތްތަކަށްޓަކައި، ކްރައިސިސް ކޮމިއުނިކޭޝަން ޕްލޭބުކެއް ތައްޔާރުކުރުން ލ. ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. ގ. ކޯޕަރޭޝަނުން ރާވާ ހިންގާ އެންމެހާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން. |
|
|
3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 24 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
|
4. ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން). ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް. |
|
|
5. އިތުރު މަޢުލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6. އެޑްރެސް ކުރައްވާނީ: އިބްރާޙީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް |
|
|
16 ޑިސެންބަރު 2025 |
|
