ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމްތަކުގެ ދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުން

  1. ސްކޫލްގެ ކްލާސްރޫމްތަކުގެ ދޮރުތަށް އެލްމިނިއަމް ދޮރަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.

  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 ޑިސެންބަރު 2025 އިން 22 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 18:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.

  3. ބިޑް ރެޖިސްޓްރޭޝަން ލިންކް: https://forms.gle/R6gadYdeJt4183K8A

  4. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.

  5. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 23 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 13:00  ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

  6. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 24 ޑިސެންބަރު  2025 ވާ ބުދަ ދުވަހުގެ 10:00  ގައި ތުޅާދޫސްކޫލްގެ މީޓިންގ ރޫމުގައެވެ. ބިޑް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހަޅުއްވަން ދުރުވާނަމަ، ބިޑް ހުށަހަޅުއްވަނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ވަޑައިގަތުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތުޅާދޫ ސްކޫލް

ބ. ތުޅާދޫ، ދިވެހިރާއްޖެ.

ފޯން:  6600136

އީ-މެއިލް: [email protected]

16 ޑިސެންބަރު 2025
ހޯދާ