ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮންޓެންޓް ކްރިއޭޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                އިޢުލާން ނަންބަރު:‭(IUL)VMC-HR/1/2025/45 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: އެސިސްޓެންޓް ކޮންޓެންޓް ކްރިއޭޓަރ

މުސާރަ (މަހަކު) : -/6,809 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,383 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,043  ރުފިޔާ މަހަކު

-  ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑިޖިޓަލް މާކެޓިންގ / ކްރިއޭޓިވް ލެބް / ކޮންޓެންޓް މެނޭޖްމަންޓް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ގެ ސަނަދެއް ގުޅޭ ދާއިރާއަކުން ހާސިލްކޮށްފައިވުން (ނުވަތަ)،

ށ. އޭލެވެލް ފުރިހަމަކޮށްފައިވުން (ނުވަތަ)،

ނ. އޯލެވެލް ފުރިހަމަކުރުމާއެކު، ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

ހ. މި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭގޮތަށް ރިސަރޗް ބޭސްޑް ކޮންޓެންޓްތައް ތައްޔާރުކުރުން.

ށ.ތައްޔާރުކުރެވޭ ކޮންޓެންޓްތަކުގެ ޑްރާފްޓްސް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުމަށްޓަކައި،  މަސައްކަތް ރާވާ ތަރުތީބު ކުރާނެގޮތުގެ ތާވަލެއް އެކުލަވާލުން.

ނ. މާކެޓިންގ ޓީމްތަކާ ގުޅިގެން އާޓިކަލްތައް ތައްޔާރުކުރުމަށް މަސައްކަތްކުރުމާއި، ކަނޑައެޅޭ ޑެޑްލައިންތަކަށް މަސައްކަތްތައް ނިންމުން. 

ރ. އިންޑަސްޓްރީގައި ބޭނުން ކުރާ ބެސްޓްޕްރެކްޓިސްތަކާއި، މި ކޯޕަރޭޝަނުން ޙާޞިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކަށް ރިޢާޔަތްކޮށްގެން އުފެއްދުންތެރި ޚިޔާލުތަކަށް ކޮންޓެންޓްތައް ތައްޔާރުކުރުން.

ބ. އިންޑަސްޓްރީއާ ގުޅުންހުރި ކޮންޓެންޓްތައް ތައްޔާރުކޮށް އެކިއެކި ޕްލެޓްފޯމުތަކުގައި ޝާޢިއުކުރުން.

ޅ. ކޯޕަރޭޝަނުން ފޯރުކޮށްދެވޭ މެސެޖުތަކުގެ ސްޓައިލް، ފޮންޓް އަދި ބަހުރުވަ އަދި ވައްޓަފާޅި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުންންކަން ކަށަވަރުކުރުން.

ކ. އެކިއެކި މީސްމީޑިއާގެ ވަޞީލަތްތަކާއި، އިންޓަރވިއުތަކާއި، ކޭސް ސްޓަޑީސްތައް ދިރާސާކޮށްގެން އިންޑަސްޓްރީ އާއި ގުޅުންހުރި މައުޟޫތައް ފާހަގަކޮށް، އެފަދަ މައުޟޫތަކާއި، ތީމްސްތަކަށް ކޮންޓެންޓް ތައްޔާރުކުރުން. 

އ. ތައްޔާރުކުރާ ކޮންޓެންޓްތަކުގެ ސައްހަކަން ކަށަވަރުކޮށް، ކޯޕަރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކޯޕަރޭޝަންގެ ބްރޭންޑް އިމޭޖް ދެމެހެއްޓުމާއި އަދި ކޮންޓެންޓްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭ މެސެޖަކީ އާންމުންނަށް ދޭހަވާނެ ފަދަ ގޮތަކަށް ރައްދުކުރެވިފައިވާ މެސެޖެއް ކަން ޔަޤީންކުރުން.

ވ. ކޯޕަރެޝާނުން ތައްޔާރުކުރެވާ ކޮންޓެންޓް ތަކުގެ ފެންވަރު ދެމެހެއްޓުމާއި، އެތަކެތީގެ ސައްހަކަން ކަށަވަރުކޮށް ޕްރޫފް ރީޑް ކުރުން.

މ. މި ކޯޕަރޭޝަނުން އެކިކަންކަމާއި ގުޅިގެން ތައްޔާރުކުރާ ކޮންޓެންޓްތަކުގެ ރިކޯޑް ރައްކާތެރިކަމާއެކު ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުން.

ފ. ބްރެއިންސްޓޯމިންގ ސެޝަންތަކުގައި ބައިވެރިވެ، އުފެއްދުންތެރި ޚިޔާލުތަކާއި، އައުގޮތްތައް ހުށަހެޅުން.

ދ. ވަޒީފާ ބަޔާނުގައިވާ މަސައްކަތްތައް ކުރުމާއި ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ތ. ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

24 ޑިސެމްބަރު 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ.  އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035525، ނުވަތަ 3035514 ފޯނާއެވެ.

6. އެޑްރެސް ކުރައްވާނީ:

އިބްރާހީމް ޝިއުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް 

16 ޑިސެންބަރު 2025
ހޯދާ