ދިވެހިރާއްޖެ
މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް، ކުންފުނީގެ 20 (ވިހި) ވަނަ އަހިރީދުވަހުގެ ސްޓާފް ނައިޓް ގެ އެންމެހާ ކަންކަން (މުޅި އިވެންޓްގެ ޑެކަރޭޝަން، ލައިޓިންގ ސައުންޑް، ސީޓިންގ ތައްޔާރުކުރުން، ހޯލް އަދި ވޯރކްވޭ ޑެކަރޭޝަނާއި ޑިޒައިނިންގ، ސެންޓަރ ޕީސް ހެދުން، ޕޯޑިއަމް، އަދި ކުންފުނިން ހަވާލުކުރާ ބެކް ޑްރޮޕް ކޮންސެޕްޓާ އެއްގޮތަށް މުޅި އިވެންޓް އޯގަނައިޒްކުރުމުގެ މަސައްކަތް) އިންތިޒާމުކޮށްދިނުމުގެ މަސައްކަތް ކޮށްދެވޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔަފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ހިތަދޫ ޕޯޓް ލިމިޓެޑްގެ ހެޑް އޮފީހަށް ވަޑައިގެން ކަނޑައެޅިފައިވާ ސުންގަޑީގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުމާއި ބީލަމުގައި ރަޖިސްޓްރީވުން :
23 ޑިސެމްބަރ 2025 އަންގާރަ ދުވަހުގެ 10:00 އަށް އެޗް.ޕީ.އެލް އެޑްމިން އޮފީހުގެ ފުރަތަމަ ފަންގިފިލާގައެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ މައުލޫމާތު ސާފުކުމަށް ވަޑައިގަށްނަވާ ފަރާތްތަކަށެވެ.
ބިޑް ޕުރޮޕޯސަލް ހުށަހެޅުން :
04ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ހިތަދޫ ޕޯޓް ލިމިޓެޑަގެ ހެޑް އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
(ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
އިތުރު މައުލޫމާތު ބޭނުންވާނަމަ:
އީމެއިލް: [email protected]
ފޯން : 6883020 (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް)
