މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް ( އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ހިއުމަންރިސޯސް ޑިޕާޓްމެންޓް /މިފްކޯ ހެޑް އޮފީސް

މުސާރަ

 4950.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް: -/2970 ރުފިޔާ
  • މިނިމަމް ވޭޖް އެލަވަންސް: -/2326.5 ރުފިޔާ
  • ފުޑް އެލަވަންސް: -/1800 ރުފިޔާ
  • ސެޓްފިކެޓް ލެވަލް 7 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %40
  • ސެޓްފިކެޓް ލެވަލް 5 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %20
  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އޭ ލެވެލް ހާސިލްކޮށްފައިވުން.

މަގާމާގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • މުވައްޒަފުންގެ ޕާސަނަލް ފައިލްތަކާއި އެޗްއާރު ރެކޯޑްތައް، ފިޒިކަލްކޮށް (ހާޑްކޮޕީ) އަދި ޑިޖިޓަލްކޮށް، ސައްޙަކަމާއެކު ބެލެހެއްޓުމާއި އަޕްޑޭޓްކުރުން.
  • އެޗްއާރު ސިސްޓަމްތަކުގައިވާ މުވައްޒަފުންގެ މަޢުލޫމާތުތައް ގަޑިން ގަޑިއަށް އަޕްޑޭޓްކޮށް، ރަނގަޅަށް ޑޮކިއުމެންޓްކުރެވިފައިވާކަން ކަށަވަރުކުރުން.
  • ޕްރޮބޭޝަން ރިވިއު، އަހަރީ އެޕްރައިޒަލް އަދި ޕާފޯމަންސާ ގުޅުންހުރި ލިޔެކިޔުންތައް ހިމެނޭގޮތަށް، ޕާފޯމަންސް މެނޭޖްކުރުމުގެ ކަންކަމުގައި އެހީތެރިވެދީ، އެކަންކަން ކޯޑިނޭޓްކުރުން.
  • އެޗްއާރުގެ ހަރަކާތްތައް ހިންގުމުގައި ކުންފުނީގެ ސިޔާސަތުތަކަށާއި، އުސޫލުތަކަށާއި، ގުޅުންހުރި ޤަވާއިދުތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުން.
  • އެޗްއާރާ ގުޅުންހުރި ކަންކަމުގައި މުވައްޒަފުންނަށާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނަށް އިރުޝާދުދީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އެޗްއާރުގެ އުސޫލުތަކާއި ހަރަކާތްތައް ދާއިމީ ގޮތެއްގައި ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން.
  • ސުޕަވައިޒަރުން ހަވާލުކުރާ އިތުރު މަސައްކަތްތައ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected]އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 21 ޑިސެމްބަރ 2025 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

16 ޑިސެންބަރު 2025
ހޯދާ