ދިވެހިރާއްޖެ
`
|
ކ.އަތޮޅު މަދަރުސާ |
|
|
ކ.ކާށިދޫ، |
|
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ(IUL)GS36/2025/012 :
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކ.އަތޮޅު މަދަރުސާ ކުލާސްރޫމްތައް އޭސީ ކުރުމަށްޓަކާ ކުރަންޖެހޭ މަރާމާތުތައް ކުރުމާގުޅޭ
ކ.އަތޮޅު މަދަރުސާގެ ކުލާސްރޫމްތައް އޭސީ ކުރުމަށްޓަކާ ކުރަންޖެހޭ މަރާމާތުތައް ( ކުލާސްރޫމްތަކުގެ ބޮޑުދޮރު، ކުޑަދޮރުތައް އަދި ފެންލައިޓްތައް ) ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މަދަރުސާގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ކ.އަތޮޅު މަދަރުސާ ކުލާސްރޫމްތައް އޭސީ ކުރުމަށްޓަކާ ކުރަންޖެހޭ މަރާމާތުތައް ކުރުމާގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލު ކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި ސްކޫލްއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
|
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
|
ބިޑް ރަޖިސްޓްރީކުރުމާއި ނަންނޯޓްކުރުން |
ކ.އަތޮޅު މަދަރުސާ |
18-16 ޑިސެންބަރ 2025 |
ބުރާސްފަތި |
13:00 |
|
މައުލޫމާތުދިނުމުގެ ސެޝަން |
ކ.އަތޮޅު މަދަރުސާ |
18 ޑިސެންބަރ 2025 |
ބުރާސްފަތި |
13:30 |
|
ބިޑް ހުށައެޅުން |
ކ.އަތޮޅު މަދަރުސާ |
24 ޑިސެންބަރ 2025 |
ބުދަ |
13:30 |
ނަންނޯޓް ކުރުމަށް ތިރީގައި ބުނެފައިވާ މައުލޫމާތު ބޭނުންވާނެއެވެ.
- ބިޑް ހުށައެޅުމަށް ރަޖިސްޓަރ ކުރާ ފަރާތުގެ މައުލޫމާތު
- މުއާމަލާތް ކުރާނެ ފަރާތެއްގެ މައުލޫމާތު
- އައި.ޑީ.ކާޑު ނަންބަރ
- ގުޅޭނެ ފޯން / މޮބައިލް ނަންބަރު
- މައުލޫމާތު ހިއްސާކުރާނެ އީމެއިލް އެޑްރެސް
ނަންނޯޓްކުރުމަށް ގޫގުލްފޯމް ފުރުއްވުން އެދެމެވެ.
https://forms.gle/6dJPTkrzyCmBx8oM6
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މި ބިޑަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެނގޭނެ އެފަރާތުގެ މައުލޫމާތު އަންގައިދޭ ސިޓީއަކާއި އަދި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީއެއް ގެންނަންވާނެއެވެ. މައުލޫމާތު ސާފުކުރަންވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމުގައި ދަންނަވަމެވެ. އަދި މި އިޢުލާނަށް އެއްފަރާތަކުން ކުރިމަތިލީ ކަމުގައިވީނަމަވެސް ޝަރުތު ހަމަވާކަމުގައި ވާނަމަ އެފަރާތަކާ އެމަސައްކަތް ހަވާލްކުރެވޭނެ ކަމުގައިދަންނަވަމެވެ.
ނަން ނޯޓް ކުރުމަށް ގުޅުއްވާނީ 6640036 އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ކ.އަތޮޅު މަދަރުސާ
ހަވީރީ ހިނގުން، ކ.ކާށިދޫ، ދިވެހިރާއްޖެ.
ފޯން: 6640036
އީ.މެއިލް: [email protected]
16 ޑިސެމްބަރ 2025
