ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)305-ME305/305/2025/169 (08 ޑިސެމްބަރ 2025) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، އެޢިލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.
މާކުރަތު އިރުމަތީ ފަރާތު އަތިރިމަތި މަގުމަތީގައި (އޯކިޑްހިނގުން) ހުރި ސަރަހައްދުގައި ހުރި ބައުވެ ހަލާކުވެފައިވާ ވެހިކަލްތަކުގެ ވެރިޔަކު ހޯދުމަށް އެކި ފަހަރު މަތިން އިޢުލާން ކުރުމުންވެސް އެތަކެތީގެ ވެރިއަކު ވެފައިނުވާތީ، އަމިއްލަ ޚަރަދުގައި މިރަށުން އެތަކެތި ބޭރުކޮށް އެސަރަހައްދު ސާފުކޮށްދިނުމާއި މިރަށު ކުނިކޮށީގައި ހުރި ބައު ދަނގަޑުތައް ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 ޑިސެމްބަރ 22 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް މިއިދާރާގެ އީމެއިލް ([email protected]) ޒަރިއްޔާއިން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް އެވޯޑް ކުރުމުގައި ތިރީގައި އެވާ ކަންކަމަށް ބެލެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6582805 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް އެވޯޑް ކުރުމުގައި ބަލާން ކަންކަން
- މަސައްކަތް ނިންމާ ތަންސާފުކޮށް ކައުންސިލާ ހަވާލުކުރެވޭނެ އެންމެ ކުރު މުއްދަތު
- ކައުންސިލަށް އިތުރަށް ކޮށްދޭނެކަމެއް (މިސާލު ސީއެސްއާރު ކޮންމެ މަސައްކަތެއް)
- ތަކެތި ނައްތާލުމާއި ރަށުން ބޭރުކުރުމުގައި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލް
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
