މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ތަމްރީން ޕްރޮގްރާމުގެ ފުރުޞަތު

މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން އިމާމުންނާއި، ވާޢިޡުން ތަމްރީނުކުރުމުގެ (2 މަސް ދުވަހުގެ) ޕްރޮގްރާމް (މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ބޭފުޅުން މި ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މި މިނިސްޓްރީއަށް ފޮނުއްވައި ދެއްވުން އެދެމެވެ.)

ޓްރެއިނިންގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތުގެ ޝަރުތު

  • އުމުރުން 18 އަހަރުފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ޓްރެއިނިންގއާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލުކޮށްފައިވުން.
  • ޢަރަބި ބަހުން ކުރިއަށް ގެންދާ ޕްރޮގްރާމަކަށްވާތީ، ރަނގަޅަށް ޢަރަބި ބަހުން ވާހަކަ ދައްކަން އެނގުން.

 ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭން ބޭރުގެ ސެޓުފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ)އިން އެޓެސްޓުކޮށްފައިވުން.
  • ސީވީ (ޢަރަބި ބަހުން)
  • ފުލް ޓްރާންސްކްރިޕްޓުގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭ ގޮތަށް، ޢަރަބި ބަހަށް ތަރުޖަމާކޮށްފައިވާ ޓްރާންސްކްރިޕްޓް)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  • މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ސާފު ސްކޭން ކޮޕީ (ކޯސް ނިންމުމަށްފަހު މާލެ އައުމާ ހަމައަށް 6 މަސްދުވަސް އޮންނަންވާނެ)
  • މެޑިކަލް ރިޕޯޓު (ޓްރެއިންގއަށް ހޮވުމުން ހުށަހެޅުމަށް)
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެންޓްރީ ކްރައިޓީރިއާއަށް ފެތޭ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ވެލިޑޭޓްކުރާ މަރުކަޒަކުން ފުރިހަމަކޮށްފައިވާ ޑިގްރީއެއް އޮތުން.
  • ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ

ޓްރެއިނިންގ މިންވަރު

  • މި ޓްރެއިނިންގ ގައި ބައިވެރިވާ ބޭފުޅުންނަށް ޓިކެޓް، ހުރުން، ކެއުން، ދަތުރުތައް ހަމަޖައްސައިދޭނީ މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުންނެވެ.

އިތުރު މަޢުލޫމާތު

  • މި  ޓްރެއިނިންގ ޕްރޮގްރާމުގައި ކިޔަވައިދެވޭނީ ޢަރަބި ބަހުންނެވެ.
  • ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމުގެ ލިންކް މި އިޢުލާނާއެކު އެޓޭޗުކޮށްފައި އެވަނީއެވެ.
  • https://forms.gle/Wymw5GWLyVE7L4Xu6
  • އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ 3020293 ނަންބަރަށެވެ.

 

ސުންގަޑި

  • މި ޓްރެއިނިންގ ބައިވެރިވުމަށް އެޕްލިކޭޝަން ފޯމު އޮންލައިކޮށެވެ.
  • އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅަންޖެހޭ ތާރީޚް: 28 ޑިސެންބަރު 2025ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން.
16 ޑިސެންބަރު 2025
ހޯދާ