މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޘަކު ހޯދުން

1447 ވަނަ އަހަރުގެ ރަމަޟާންމަހު ރ.މާކުރަތު މަސްޖިދުލް ސަލާމުގައި އިމާމްވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ބޭރުން ޙާފިޘަކު ގެނެއުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އަގު ބަޔާންކޮށް މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.

ޙާފިޘުން ގެންނަ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.

  1. ޙާފިޘު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން
  2. ޙާފިޘު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން
  3. ޙާފިޘު ރާއްޖެ ގެނައުމާއި ރަށާއިހަމައަށް ގެންގޮސްދިނުން
  4. ޙާފިޘު މާލޭގައި މަޑުކުރައްވާ ދުވަހުގެ ހުރުމާއި ކެއުން ހަމަޖެއްސެވުން
  5. ރަމަޟާން މަސް ނިމުމުން ޙާފިޘު އަނބުރާ މާލެ ގެންގޮސް އޭނާގެ ޤައުމަށް ފޮނުވާލުން
  6. ޙާފިޘު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން

ވީމާ، މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާންމުކޮށްފައިވާ ނަންބަރ: (IUL)142-B1/142/2025/231 (19 ނޮވެމްބަރ 2025) އިޢުލާންއާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

                    މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 ޑިސެންބަރު 2025
ހޯދާ